ފަލަސްޠީނުގެ ބިމުގައި ގަދަކަމުން ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީއަކު ދުވަމުން ދިޔަ ކާރަކުން ޖައްސައި ފަލަސްޠީނުގެ ދަނޑުވެރިޔަކު މަރާލައިފިއެވެ.
މިޙާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅަނގުއައްސޭރީގެ އުތުރުގެ އަވަށެއްކަމުގައިވާ "ދޭރް އެސްތިއާ" ގެ މަގެއްގެ މަތިން އެދަނޑުވެރިޔާ ހިނގާފައި ދަނިކޮށެވެ. މި މަގަކީ ޔަހޫދީ ވަޒަންވެރިން އެ އަވަށުގެ ހުޅަނގުގައި ޤަވާއިދާ ޚިލާފަށް އާބާދުކޮށްފައިވާ "ރަފާފާ ސެޓްލްމަންޓް" އަށް ވަނުމަށްޓަކައި ބޭނުންކުރާ މަގެކެވެ.
މަންޒަރު ދުން މީހުންނާ ޙަވާލާދީ "ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ" އިން ބުނި ގޮތުގައި "ދޭރް އެސްތިއާ" ގެ ރައްވެއްސެއްކަމުގައިވާ ޢުމުރުން 45 އަހަރުގެ ޢަބްދުލްމުއްޠަލިބް ޙަކީމް އޭނާގެ ދަނޑުގައި ޒައިތޫނި ބިންނަށް އުޅުމަށްފަހު އެނބުރި ގެއަށް ދަނިކޮށް ޔަހޫދީ މީހާ ދުއްވަން އިން ކާރުން ޖެއްސުމާއެކު އޭނާ ވަނީ ހަމަ ވަގުތުން މަރުވެފައެވެ.
ހުޅަނގު އައްސޭރީގައި މަގުތަކުގައި މީގެ ކުރިންވެސް މިފަދަ އެތައް ޙާދިސާތަކެއްވަނީ ހިނގައިފައެވެ. މީގެ ތެރެއިން ގިނަ ޙާދިސާތަކަކީ ގަސްތުގައި ޔަހޫދީން ހިންގާފައިވާ ޖަރީމާތަކެވެ.
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...