ޔޫރަޕު ތުރުކީ އާއި އިޒްރޭލާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކަނޑާލަން ޖެހިދާނެ - ތުރުކީ

ތުރުކީ އާއި އިޒްރޭލާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކަނޑާލަން ޖެހިދާނެ - ތުރުކީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ތުރުކީ އާއި އިޒްރޭލާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު އިޒްރޭލަށް ދީފިއެވެ.

'ގާޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓަށް ހަމަލާދިން' މައްސަލާގައި އިޒްރޭލުން ތުރުކީގެ ކިބައިން ކުށް ގަބޫލުކޮށް މައާފަށް އެދުމަށް ތަކުރާރުކޮށް ތުރުކީއިން ވަނީ ގޮވާލާފައެވެ. އެހެނަސް އިޒްރޭލުން އެކަމަށް އިޖާބަ ނުދިނުމުން މައާފަށް ނޭދޭނަމަ ތުރުކީ/އިޒްރޭލުގެ ގުޅުން ކަނޑާލަން ޖެހިދާނެކަމަށް އެންމެފަހުން ތުރުކީއިން ވަނީ ބުނެފައެވެ. އޭގެ ކުރިން އިސްރާއީލަށް 3 'ޗޮއިސްއެއް' އިޒްރޭލަށް ވަނީ ދީފައެވެ. އެއްގޮތަކީ ތުރުކީގެ ކިބައިން މައާފަށް އެދުމެވެ. އަނެއްކަމަކީ އިސްރާއީލުގެ ޖަރީމާ ބައިނަލްއަޤްވާމީ ތަހްގީގަކުން ބަލައި ނެރޭ ރިޕޯޓް ގަބޫލުކުރުމެވެ. އަނެއްގޮތަކީ މިއިން އެއްވެސް ކަމަކާ އިންކާރު ކުރާނަމަ ގުޅުން ކެނޑުމެވެ.

މިމައްސަލާގައި ތުރުކީއިން ބުނަމުންދަނީ އިޒްރޭލުން އެހީގެ ބޯޓަށް ހަމަލާދިނުމަކީ 'ބޮޑު ކުށެއް' ކަމަށެވެ. އެހެނަސް އިޒްރޭލުން ބުނަމުން ދަނީ އިޒްރޭލުން ހަމަލާދިނީ އެމީހުންގެ އަމިއްލަ ދިފާއުގައި ކަމަށެވެ. ދުނިޔޭގެ ކަންކޮޅުތަކުން ކުރަމުންދާ މުޒާހަރާތަކުން ސާބިތުވަނީ މިމައްސަލާގައި ކުށްވެރިވަނީ އިޒްރޭލުކަމުގައެވެ.

އިޒްރޭލުން ތުރުކީގެ ގުޅުންވެސް ބޭނުންވެއެވެ. އަދި ހަމައެހެންމެ މައާފަށް އެދޭކަށްވެސް ބޭނުމެއްނުވެއެވެ. އަދި އިސްރާއީލުގެ ޖަރީމާ ބައިނަލްއަޤްވާމީ ތަހްގީގަކުން ބަލައި ނެރޭ ރިޕޯޓެއްގެ ބަދަލުގައި ބޭނުމީ އަމިއްލައަށް ތަހުގީގު ކުރާށެވެ.

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.