އަރަބިދުނިޔެދިއިސްލާމްދުނިޔެ

އިޒްރޭލަކީ ޔަހޫދީންގެ ބިމެއް ކަމުގައި ކަނޑައަޅަން ޤާނޫނެއް ހުށަހަޅައިފި

އިޒްރޭލުގެ މަޖިލިސް ކުރާގޭ ތެރެ

އިޒްރޭލުގެ މަޖިލިސް ކުރާގޭ ތެރެ

 

ފަލަސްޠީނުގެ ބިންތައް ހިފުމަށްފަހު ގަދަބާރުން އުފައްދާފައިވާ އިޒްރޭލްގެ ބިމަކީ ޔަހޫދީންގެ ބިމެއްކަމުގައި ބަޔާންކޮށްފައިވާ ޤާނޫނަކަށް ބަހުސްކުރުމަށް އެޤައުމުގެ ޕާލަމެންޓުން ތައްޔާރުވެއްޖެއެވެ. މިބިލަކީ ނަސްލީތަފާތު ކުރުމުގެ ބިލެއްކަމަށް ބުނެ، ބައެއް މެމްބަރުންވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

މިބިލް ފާސްވެއްޖެނަމަ، އިޒްރޭލް މިހާރު އޮތް ބިމަކީ ޔަހޫދީންގެ ބިމެއްކަމަށް ކަނޑައަޅާނެއެވެ. އަދި ހިބްރޫއަކީ ރަސްމީ ބަސް ކަމުގައި ހަމަޖެހިގެންދާނެއެވެ. އަދި މިހާރު ހިބްރޫއާއި އެކީ ރަސްމީ ބަހެއްގެ ގޮތުގައި ބަލާ ޢަރަބި ބަހަށް "ޚާއްޞަ ޤަދަރެއް" ދެވޭނޭކަމަށް މިބިލްގައި ބަޔާންކޮށްފައިވެއެވެ.

މިބިލަކީ ނަސްލީ ތަފާތުކުރުމުގެ ބިލެއްކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ވާތުފިޔައިގެ މެމްބަރުންނާއި ފަލަސްޠީނަށް ނިސްބަތްވާ އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. މަޖިލީހުގެ މެމްބަރަކު މިބިލް ބޭރުކޮށްލުމަށް އެދި ރައީސަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް، މަޖިލީހަށް އެއްޗެއް ހުށަހަޅުމުގެ ދޮރު ބަންދުނުކުރެވޭނޭކަމަށް ބަޔާންކޮށް އެޕެޓިޝަނަށް މަޖިލީހުގެ ރައީސްވަނީ ދެކޮޅުހަދާފައެވެ.

މިބިލަށް އިޒްރޭލްގެ ޤާނޫނު ހަދާ މަޖްލީހުގެ ޤާނޫނީ ކަންތައްތަކާއިބެހޭ ކޮމިޓީގައި މިއަންނަ ހަފްތާގައި މަޝްވަރާކުރާގޮތަށް ހަމަޖެހިފައިވެއެވެ.

މަޞްދަރު: ޕްރެސްޓީވީ

ގުޅުންހުރި

1 ޚިޔާލު

  1. ތިޔަބިލް ފާސްކުރަން އދ ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުން ހާދަމުހިންމެވެ. އެއީ އެންމެ ފުރަތަ އަތްއުފުލާ އާދެ! ހަމަ އިޒްރޭލްގެ ނަމުގައި އުފެއްދި އިސްތިޢުމާރީ ދައުލަތުއޮތް ބިމަކީ ޔަހޫދީ ބިމެއްކަމުގައި ކަށަވަރު ކޮށްދޭނީ ދިވެހިރާއްޖޭގެ ދާއިމީ ވަކީލާއި ފޮރިން މިނިސްޓަރެވެ. ފަލަސްތީނުގެ މަސްއަލާގައި ހަދާންނެތުނަސް މިފަދަ ހާލުގައި ވަރަށް ހުޝިޔާރުވާނެވެ.

Your email address will not be published. Required fields are marked *