ގާޒާއަށް އެހީ ހިފައިގެންދާ ދެވަނަ ބުރުގައި ޔޫރަޕްގެ 7 ބޯޓް ބައިވެރިވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ގާޒާއަށް އެހީ ހިފައިގެން ދާދިފަހުން ދިޔަ ބޯޓަށް އިޒްރޭލުން ދިން ހަމަލާއަށްފަހު ރުޅިގަދަވެފައި ތިބި ވޮލަންޓިއަރުންގެ ދެވަނަ އެހީގެ 'ޝިޕްމަންޓް'ގައި ޔޫރަޕްގެ 7 ބޯޓް ބައިވެރިވާނެކަމަށާއި މިއެހީގެ ކެމްޕޭންގައި ބައިވެރިވާން ބޭނުންކަމަށް ބުނެ އެތައް ހާސް ބަޔަކު ދަނީ އެދެމުންނެވެ.
'ދެވަނަ އެހީގެ މަޝްރޫއުގައި ބައިވެރިވުމަށް ތިން ހަފްތާކުރިން އިއުލާން ކޮށްފައިވާނެ، މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ، މިހާތަނަށް 9 ހާސް މީހުން މިކަމުގައި ބައިވެރިވާނެކަމަށް ރަޖިސްޓްރީކޮށްފައިވާ.' ކަމަށް ގާޒާއަށް އެހީ ހިފައިގެންދާ ބޯޓްތަކުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ހާމަކުރިއެވެ.
ހަބަރުތައް ބުނާގޮތުގައި މިފަހަރު ގާޒާއަށް އެހީ ހިފައިގެންދާ ބޯޓްތަކުގައި މިދިޔަ ފަހަރަށްވުރެ ގިނައިން ސާމާނު ހުންނާނެކަމަށާއި މިހާތަނަށް ޔޫރަޕުން މިކަމަށް އާދަޔާ ހިލާފު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ގާޒާގެ އެހީގެ ގާފިލާ މަޝްހޫރުވެފައިވަނީ ދާދިފަހުން އެބޯޓުތަކަށް އިޒްރޭލުގެ ސިފައިން އަރާ އެތައް ބަޔަކު މަރާލުމާއި ގުޅިގެންނެވެ. ހަތިޔާރެއް ނެތް، އެހީގެ ބޯޓަކަށް އިޒްރޭލުން ހަމަލާދިނުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިއުން ވަނީ އިޒްރޭލަށް އަމާޒުވެފައެވެ. އަދި ޢައިރު ދީންތަކުގެ މީހުންގެ މެދުގައިވެސް އިޒްރޭލާއި މެދު ދެކެމުން އައި ގޮތް ބަދަލުވަމުން އަންނަކަން މީޑިއާތަކުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...