ޙައްޖުވެރިންގެ ދަތުރު ފަތުރަށް ލުއިކަމެއް ގެނެސްދިނުމަށްޓަކައި އަލަށް އިފްތިތާޙްކުރެވުނު "އަލް މަޝާޢިރު" ރޭލުގެ ޒަރީޢާއިން ދެލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ޙައްޖުވެރީން މިދިޔަ ޙައްޖު ދުވަހު ޢަރަފާތުބިމަށް ދަތުރުކޮށްފިއެވެ.
ސުޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާރޒްގެ އަންޑަރ ސެކްރެޓަރީ އަދި ތަރައްގީ ގެ މަޝްރޫޢުތަކާ ބެހޭ މައި އިދާރާގެ ޗެއަރމަން ޑރ. ޙަބީބް ބިން މުސްޠަފާ ޒައިނުލް ޢާބިދީން ވިދާޅުވިގޮތުގައި މިފަހަރުގެ ޙައްޖުގައި ރޭލުގެ ޚިދުމަތް ލިބިގަތް މީހުންގެ ޢަދަދު ވަނީ ދެލައްކަ ހަތްދިހަ ހާހަށްވުރެ މައްޗަށް އަރާފައެވެ. ޙައްޖުވެރީން ޢަރަފާތު ދުވަހުގެ އިރުއެރީއްސުރެ ފެށިގެން އެދުވަހުގެ ހެނދުނު 10 ޖަހަންދެން މެދުކެނޑުމެއްނެތި ރޭލު ސްޓޭޝަނަށް ދިޔައީ އަންނަމުންނެވެ.
ޢަރަފާތު ބިމުގައި ހުރި ސަޢުދީ ޕްރެސް އެޖެންސީގެ ޓީމުން ވަނީ ޙައްޖުވެރިން ޢަރަފާތު ބިމަށް އުފަލަމުން ދިޔަ ބަސްތަކުގެ އިތުރުން "އަލް މަޝާޢިރު" ރޭލުން ވަރަށް ގިނަ ޢަދަދެއްގެ ޙައްޖުވެރީން ޢަރަފާތު ބިމަށް ދަތުރުކުރަމުން ގެންދިޔަ މަންޒަރު ކަވަރު ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...