2.5 މިލިޔަން ޙައްޖުވެރިން ބައިވެރިވި ޢީދު ނަމާދުގެ ޙުތުބާގައި ވާހަކަފުޅުދައްކަމުން ސަޢޫދީގެ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒުބްނު ޢަބްދުﷲ އާލުއްޝައިޚް ވިދާޅުވީ "ހުރިހާ ކަމެއްގެ ޙައްލަކީ އިސްލާމް ދީން" ކަމުގައި އެވެ.
މުފްތީ މިބަސްފުޅު ރައްދު ކުރެއްވީ ޤައުމުތަކުގެ ވެރިންނާއި އުއްމަތްތަކުގެ މެދުގައި ހިންގާ ހަމަނުޖެހުން ތަކަށް އަމާޒު ކުރައްވާފައެވެ. މުފްތީ އިތުރަށް ވިދާޅުވީ "މައްސަލަތަކަށް ޙައްލު ހޯދުމަށް ޢަދާވާތެރިންގެ ކިބައި ނޭދުމަށާއި އަދި ވަރަށް ބޮޑަށް ލީޑަރުނާއި ރައްޔެތުންނައި ޖައްސަން އުޅޭ މީހުންނަށް ސަމާލު ވުމަށެ"ވެ. އަދި މީޑިޔާތަކައި އެބަޔެއްގެ ސަޤާފަތް ދިރުވަން މަސައްކަތް ކުރާ މީހުންގެ ކިބައި މުޅި އުއްމަތް ސަމާލުވެތިބުމަށް ވެސް ގޮވާލެއްވިއެވެ. ސަބަބަކީ އެއީ ޢީމާންތެރިކަން ދަށް ކުރަން މަސައްކަތް ކުރާ ބައެއްކަމުގައި ވާތީ ކަމުގައި މުފްތީ ވިދާޅުވިއެވެ. އަދި މުސްލިމް ޤައުމަތުގެ ލީޑަރުން އެމީހުންގެ ރައްޔިތުންނަށް އަނިޔާކޮށް ދަތި ނުކުރުމަށާއި ނަމަވެސް ރައްޔިތުން ނަށް ބާއްޖަވެރި ޙަޔާތެއް ހޯދުމަށްޓަކައި މަގު ދައްކައި ދިނުމަށް ވެސް ނަސޭހަތްތެރިވެލެއްވިއެވެ.
އަދި ކޮންމެ މުސްލިމް ލީޑަރެއްގެ މަޤްސަދަކަށް ވާން ޖެހޭނީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަން ޤާއިމް ކުރުމާއި ކަރަޕްޝަނަށް މަގު ފަހި ވާ ކަންތަކުން ދުރުހެލިވެތިބުން ކަމުގައާއި މިފަދަ ލީޑަރުން އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭނީ ތިމާގެ ޤައުމުގެ މީހުންގެ ބެލެހެއްޓުމާއި ރައްކާތެރިކަމަށް ކަމުގައި މުފްތީ ވިދާޅުވިއެވެ. އަދި ހަމައެފަދައިން ރައްޔިތުން ވެސް ވެރިންނަށް ކިޔަމަންވެ ލޯބާއި އެކު އެމީހުންނަށް ހެޔޮ ދުޢާ ކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
އިސްލާމީ ޤައުމުތަށް މިހާރު ހިންގާ ހަމަނުޖެހުން ތަކަށް އަމާޒު ކުރަށް ވަމުން ވިދާޅުވީ "ރިޝްވަތާއި އާޢިލާގެ ވަކި މީހަކަށް ވަކިގޮތެއް ހެދުމުން ދުރުހެލިވެ ތިބުމަށާއި މިހާރުގެ ހާލަތުން ހުރި ގޮތުން މުސްލިމުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ޙިޖްރަ ކުރަން ޖެހިފައިކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް މުޅި އެއްމަތް ވިސްނަންޖެހި ފައި ވާކަމަށް އަދި އަވަސް ޙައްލުތަކެއް ގެންނަންޖެހިފައި ވާ ކަމެއް." ކަމުގައި ވިދާޅުވެ މުފްތީ ނަސޭހަތްތެރިވިއެވެ.
ޓެރެރިޒަމްއާއި، ހަމަނުޖެހުމާއި، ކަންކަމުގައި ހައްދުފަނަ އަޅާއި ދިޔުމާއި އަދި ޤަތުލް އާއްމު ހިންގުމަކީ ވަރަށް ބޮޑަށް އިސްލާމް ދީނުގައި މަނާ ކުރަށްވައި ފައި ވާ ކަންތައްތައް ކަމުގައާއި އަދި އިސްލާމް ދީނަކީ އެންމެނަށް ވެސް ހަމަ ހަމަކަމާއި ރައްކާތެރިކަން ދޭ ދީނެއްކަމުގައި ވެސް ވިދާޅުވިއެވެ.
މުފްތީގެ ޙުތުބާ އަޑު އަހަމުން ދިޔައިރު ހައްޖުވެރިން ރޯއި، އަތްތަށް އުފުލާ ﷲ ހަޞްރަތުގައި ދުޢާ ދަންނަވަމުންދިޔައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...