ދިއިސްލާމް ޣާޒާއަށް ދަތުރުކުރަމުންދިޔަ އެހީގެ އުޅަނދުފަހަރު އިޒްރޭލުން ހުއްޓުވައިފި

ޣާޒާއަށް ދަތުރުކުރަމުންދިޔަ އެހީގެ އުޅަނދުފަހަރު އިޒްރޭލުން ހުއްޓުވައިފި

ޣާޒާއަށް ދަތުރުކުރަމުންދިޔަ އެހީގެ އުޅަނދުފަހަރު އިޒްރޭލުން ހުއްޓުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ސިފައިން ޣާޒާ އަށް ދިޔަ ބޯޓެއް ހުއްޓުވަނީ

ހަތަރުއަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޙިޞާރު ފޫއަޅުވާލުމަށްފަހު ޣާޒާއަށް ވަންނަން މަސައްކަތްކުރަމުން ދިޔަ އެކްޓިވިސްޓުންގެ އުޅަނދުތަކަށް އިޒްރޭލުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުން  ހުރަސް އަޅައި ހުއްޓުވަފިއެވެ.

އޭގެ ތެރެއިން އެއް އުޅަނދެއްގައި ހުރި "ޕްރެސް ޓީވީ" ގެ ރިޕޯޓަރެއް ބުނިގޮތުގައި އެމީހުންގެ އުޅަނދުތައް ޣާޒާއަށް މިޞްރާބުޖަހައި ދަތުރުކުރަން ފެށުމުން އިޒްރޭލުގެ ހަނގުރާމަމަތީ ދެ މަތިންދާ ބޯޓާއި އަށް މަނަވަރު ބައިނަލްއަޤްވާމީ ކަނދުގެ ސަރަޙައްދުން އެމީހުންގެ އުޅަނދުފަހަރާ ކުރިމަތިލިއެވެ. އަދި މިޞްރާއި ދިމާއަށް އުޅަނދުތައް އަނބުރާލުމަށް ނުވަތަ އައިކޮޅަށް އެނބުރިދިއުމަށް އުޅަނދުތަކުގެ ކެޕްޓަނުންނަށް އެންގިއެވެ.

ނަމަވެސް ފަލަސްޠީނަށް ތާއީދު ކުރާ އެކްޓިވިސްޓުން މިކަމަށް އިޖާބަ ނުދިނުމުން އިޒްރޭލުގެ ސިފައިންވަނީ ޣާޒާއާ ފަންސާސް ނޯޓިކަލްމޭލު ދުރުން ދެ އުޅަނދު ހުއްޓުވާ އުޅަނދުތަކަށް އަރާފައެވެ. މިކަމުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވެއެވެ.

އިޒްރޭލުގެ ޢަސްކަރިއްޔާއިން ހާމަ ކޮށްފައިވާގޮތުގައި މިދަތުރުގައި ބައިވެރިވި ދެ އުޅަނދުވެސް މިހާރުވަނީ ޣާޒާގެ އިރު އުތުރުގައި އޮންނަ އިޒްރޭލުގެ "އަޝްދޫދު" ބަނދަރަށް ގެންގޮސްފައެވެ.

ތުރުކީގެ "ފެތިޔެ" ބަނދަރުން ބުދަ ދުވަހު ދަތުރަށް ފެށި މި އުޅަނދުތައް ޣާޒާއަށް ވަނުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހުކުރުދުވަހުއެވެ. މި ދެ އުޅަނދުން ދަތުރުކޮށްފައިވަނީ 27 އެކްޓިވިސްޓުންނެވެ. މި އުޅަނދުތަގައި  30000 ޑޮލަރުގެ އަގުހުރި ބޭހާއި ބޭސްފަރުވާއަށް ބޭނުންކުރާ ސާމާނުވެސް ހުރިކަމަށްވެއެވެ.

___

މަޞްދަރު: ޕްރެސް ޓީވީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.