އިޒްރޭލުގެ އެންމެ މަޝްހޫރު ބޮޑު ފާދިރީ ފުރާވަރުގެ ދެ ފިރިހެންކުދިންނާއިއެކު ގަދަކަމުން އެއްޖިންސުން ބަދުއަޚްލާޤީ އަމަލު ހިންގައިގެން ހައްޔަރު ކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އަލް ޤުދުސް (ޖެރޫސަލަމް) ކޯޓުގައި، ޔަހޫދީ ފާދިރީ މޯޑެޗައި އެލޮންގެ ޝަރީޢަތް ވަނީ ފަށާފައެވެ. އޭނާ މި ޢަމަލްތައް ހިންގާފައި ވަނީ އޭނާގެ ކައިރިން ދަރިވަރުވަމުން ދިޔަ ދެކުދިންނާ އެކުގައެވެ. ޔަހޫދީ ފާދިރީ މޯޑެޗައި އެލޮން ފުރަތަމަ މިޢަމަލު ހިންގާފައިވަނީ އޭނާގެ ދަރިވަރުންގެ ތެރެއިން 2003 ވަނަ އަހަރު، ގާތް ރަޙްމަތްތެރިއަކު ވަކިވުމުން އެކަމާ ދެރަވެ، ފާދިރީ މޯޑެޗައި އާއި ވާހަކަދައްކާލަން ދިޔުމުން ފާދިރީގެ އަމިއްލަ ގޭގައެވެ. އަދި ވާހަކަ ދެއްކުމުގެތެރޭގައި 15 މިނެޓްވަންދެން ފާދިރީ، އެދަރިވަރަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށްވެސް ތަޙްޤީޤުން ސާބިތުވެފައިވެއެވެ.
ދެވަނަ ފަހަރަށް މިފާދިރީ މިޢަމަލު ހިންގާފައިވަނީ، 2005 ވަނަ އަހަރު، މިޔަހޫދީ ފާދިރީ ހިންގި ކައުންސިލިންގ ދިނުމުގެ ޕްރޮގުރާމްގެ ތެރެއިންނެވެ އޭނާގެ ދަރިވަރަކާ އެކުއެވެ. އަދި މިކަން އޭނާ ކޮށްފައިވަނީ އެތަނުގެ ސްޓަޑީ ހޯލަކަށް އެދަރިވަރު ގެންދިޔުމަށްފަހުއެވެ.
ޝަރީޢަތުގައި އެލޮން ވަނީ އެއްޖިންސުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް އިންކާރުކޮށްފައެވެ. އަދި އެލޮންގެ ޤާނޫނީ ވަކީލް ވަނީ މީ އެލޮންގެ ބޮލުގައި އަޅުވާ ތުހުމަތެއް ކަމުގައި ބުނެފައެވެ. ނަމަވެސް އެލޮން އަކީ 2003-2005 ގައި އިތުރު ޒުވާނުންތަކަކާ އެކު މިފަދަ ފާޙިޝް ޢަމަލްތަކެއް ހިންގާފައިވާ ކަމުގެ ތުޙުމަތުގައި ސުވާލު ކުރެވިފައިވާ މީހެކެވެ.
ޔަހޫދީންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގައާއި ކުޑަކުދިންނަށް ތަފާތު ޖިންސީ ގޯނާ ކުރުމުގައި އަރާ ތިބޭ ބައެއްކަމުގައި ރިކޯޑު ކުރެވިފައިވާ ބަޔެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...