ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބަހެއްގައި އަލިފާން ރޯވުމުގެ ސަބަބުން ޙައްޖުގެ އަޅުކަން ޢަދާކުރުމަށް ދިޔަ އިނގިރޭސިވިލާތުގެ ދެމީހަކު ނިޔާވެއްޖެ އެވެ.
މި ޙާދިޘާ ހިނގާފައި ވަނީ ޙައްޖު އަޅުކަން ކުރުމަށްޓަކައި މީހުން ގޮވައިގެން އިއްޔެ މައްކާ އަށް ބަސް ދަތުރުކުރަމުން ދަނިކޮށް ތަހްލިއާ ބްރިޖް ކައިރީގައި އޮންނަ ހަރަމެއިން އެކްސްޕްރެސްވޭގައެވެ. މި ބަހުގައި ދަތުރުކުރީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އިނގިރޭސިވިލާތުގެ 30 މީހުންނެވެ.
މި ޙާދިޘާގައި އިތުރު ބަޔަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...