ނޯތް އެމެރިކާގައި ބޭއްވޭ އެންމެ ބޮޑު އިސްލާމިކް ކޮންފަރެންސްގައި ޑރ ޒާކިރު ނައިކް ވީޑިއޯ މެދުވެރިކޮށް ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.
'ދަ ޖާނީ އޮފް ފެއިތް' ގެ ނަމުގައި ކެނެޑާގައި ބާއްވަމުން އަންނަ މިބޮޑު އިވެންޓަށް ޑރ ޒާކިރު ނައިކް ކެނެޑާއަށް ވަޑައިގަތުމަށް ވިސާ ނުދިނުމުގެ ސަބަބުން އިވެންޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ހާމަކުރައްވައެވެ. އެފަރާތުގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި ޑރ ޒާކިރު ނައިކް އިވެންޓްގައި ބައިވެރިވާނީ ވީޑިއޯ ލިންކެއް މެދުވެރިކޮށް ކަމަށާއި ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ބަރާބަރަށް ކުރިއަށްދާނެކަމަށެވެ.
ޑރ ޒާކިރު ނައިކް ކެނެޑާގެ ޓޮރޮންޓޯގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަންނަވާ ވާހަކަ ދައްކަން ފެށުމާއި އެކު ކެނެޑާގެ ޔަހޫދީން ވަނީ އެކި ސިފަސިފައިގައި މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ޑރ ޒާކިރު ނައިކް ދާދިފަހުން ވަނީ އިނގިރޭސިވިލާތަށްވެސް އެރުން މަނާކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...