ޕާކިސްތާނުގައި ލާދީނީ ވެބްސައިޓްތަކެއް ބްލޮކް ކޮށްފިއެވެ.
އިސްލާމް ދީނާއި ޚިލާފު ވާހަކަތައް ހުރުމުގެ ސަބަބުން ޕާކިސްތާނުގައި 17 ވެބްސައިޓަށް ވުރެ ގިނަ ވެބްސައިޓްތައް ވަނީ ބްލޮކް ކޮށްފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ޝަރުއީ ދާއިރާތަކުގެ 'އޯޑަރަށް' ކުރަމުންދާ މިމަސައްކަތުގައި މިހާތަނަށް އިތުރު ވެބްސައިޓްތައް ފާހަގަކޮށް އެވެބްސައިޓްތައް 'މޮނީޓާރ' ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަބަރު ލިބެއެވެ.
ދިވެހިރާއްޖޭގައި ވެސް ދިވެހިބަހުން ލިޔެފައި ހުންނަ ލާދީނީ ވެބްސައިޓްތައް ދަނީ އާންމުވަމުންނެވެ. މަޝްހޫރު ވެބްސައިޓްތަކުގައިވެސް ލާދީނީ ލިޔުންތައް ފަހަކަށް އައިސް ދަނީ އާންމުވަމުންނެވެ. އެގޮތުން 'މުރާސިލް.ކޮމް' އިސްލާމްދީނާއި އެތައް ލިޔުމެއް ފަހަކަށް އައިސް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ޝާއިއުކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...