ދިއިސްލާމް ސުލްތާން ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެ

ސުލްތާން ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެ

ސުލްތާން ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 ސައުދީ އަރަބިއްޔާގެ ވަލީ އަހުދު ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެއެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އުމުރުފުޅުން 81 އެއް އަހަރުގެ ބިން ސައުދީގެ ވަލީ އަހުދު ބިން އަބްދުލް އަޒީޒް އަވަހާރަވީ ނިއުޔޯކް ހޮސްޕިޓަލެއްގައެވެ.

 ވަލީ އަހުދު ބިން އަބްދުލް އަޒީޒް އަވަހާރަވެފައިމިވަނީ ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމައްފަހުއެވެ. ރަސްމީ ސިފައެއްގައި ބިން އަބްދުލް އަޒީޒްގެ އަލާސްކަންފުޅަކީ ކޮބައިކަމެއް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ބިން އަބްދުލް އަޒީޒް އުޅުއްވަމުންގެންދެވީ ކެންސަރުގެ އާލާސްކަންފުޅުގައެވެ.

ބިން އަބްދުލް އަޒީޒް އަވަހާރަވި އިރު އެމަނިކުފާނު ހުންނެވީ ސައުދީގެ ޑިފެންސް މިނިސްޓަރު އަދި އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރުގެ މަގާމުގައެވެ. ސުލްތާން އަވަހާރަވުމާ އެކު ވަލީ އަހުދުކަން ދެން ލިބިވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވަމުންއަންނަ ރަސްގެފާނުގެ ކޮއްކޯފުޅު، އުމުރުން 78 އަހަރުގެ ނާއިފް އަށެވެ. މީގެއިތުރުން  ފާއިތުވި ދުވަސްތަކުގައިި  ނާއިފުވެސް ވަނީ އާލާސްކަންފުޅަށް ފަރުވާ ހޯދައްވައިފިއެވެ.

ޓެގް

އަވަހާރަވުން ސައުދީ އަރަބިޔާ ބިން އަބްދުލް އަޒީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.