ދިއިސްލާމް އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ 477 މީހުން ދޫކޮށްލައިފި

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ 477 މީހުން ދޫކޮށްލައިފި

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ 477 މީހުން ދޫކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިވަންވި ފަލަސްތީނުގެ އަސީރަކަށް (ކ) ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރުޚަބާ ވިދާޅުވަނީ

ހަމާސްއާއި އިޒްރޭލާއި ދެމެދު ޤާއިމުކޮށްފައިވާ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޖަލުތަކުގައި ވާ ފަލަސްތީނުގެ 477 މީހުން ދޫކޮށްލައިފިއެވެ.

ފަލަސްތީނުގެ ހަނގުރާމަވެރި ހަމާސްއިން މީގެ ފަސް އަހަރު ކުރިން ރަހީނުކުރި އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ ޖަޢުލާދް ޝާލީޠު މިނިވަންކޮށްފައި ވަނީ އިއްޔެ އެވެ. މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި މިނިވަންވީ 477 މީހުންނެވެ. އަދި އިތުރު މީހުން ކުރިއަށް އޮތްމަދު ދުވަސްކޮޅެއްގެ ތެރޭގައި މިނިވަންކުރަންޖެހޭނެ ކަމުގައި ހަމާސްއިން ހާމަ ކުރެއެވެ.

 ފަލަސްތީނުގެ 1027 މީހަކު އިޒުރޭލުން ދޫކޮށް ލުމަށްއެއްބަސްވެފައި ވެއެވެ.  އޭގެ ތެރޭގައި 27 އަންހެނުން ވެސް ހިމެނެ އެވެ. ދެން ތިބި 550 މީހުން ދޫކޮށްލުމަށް ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.

 ގިނަދުވަސްތަކެއް ވޭތުކޮށް، މިނިވަންވި 477 ފަލަސްޠީނުމީހުންނަށް މަރުޙަބާ ކިޔުމަށްޓަކައި އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުން ދާއިރު ސަރުކާރުން ދަނީ ނޫސްވެރިން މިކަން ކަވަރު ކުރުމަށް ޓަކައި ރަފާ ބޯޑަރ ކައިރިޔަށް ދިޔުމުގެ ހުއްދަދީފައެވެ. އަދި ނޫސްވެރިން ނަށް އެހިސާބަށް ދިޔުމަށްޓަކައި ބަސް ހިލޭ ބަސްދަތުރު ކޮށް ދީފައެވެ. މިގޮތުން 250 މީޑިއާއެއްގެ 600 ނޫސްވެރިން ހިމެނެއެވެ.

 

ފޮޓޯ: އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ 477 މީހުން ދޫކޮށްލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.