އެމެރިކާގެ މިސޫރީ އަދީ މިނޭސޯޓާ ސިޓީތަކުގެ ދެ ބޭންކެއް ބަންދުކޮށް، މިއަހަރު އެޤައުމުގައި ބަންދުކުރެވެނު ބޭންކުތަކުގެ ޢަދަދު 76 އަށް އަރައިފިއެވެ.
މިސޫރީގެ ސަން ސެކިއުރިޓީ ބޭންކް ބަންދުކުރިއިރު އެބޭންކްގެ ރައުސްމާލްގައި 355.9 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. މީގެ އިތުރުން 290.4 މިލިއަން ޑޮލަރުގެ ޑިޕޮޒިޓް ފައިސާވެސް ހުއްޓެވެ. މިނެސޯޓާގެ ރިވަރ ބޭންކް އޮފް ޔޯމިންގގެ ހުރިހާ ރައުސްމާލަކާއި ޑިޕޮޒިޓް ފައިސާވަނީ ސްޓިލްވޯޓަރ މަރުކަޒީ ބޭންކްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޤައުމުގެ އިޤްތިޞާދު ދަށަށް ދިއުމާގެ ގެދޮރު ގަނެވިއްކުމުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ނިސްބަތުން ކުދި ބޭންކްތަކަށްވަނީ ވިޔަފާރި ކުރިއަށް ގެންދިއުމަށް ދަތިވެފައެވެ. އެހެންކަމުން، މިއަހަރު ތެރޭގައި ވަރަށް ގިނަ ބޭންކްތަކެއްވަނީ ބަންދުކުރެވިފައެވެ.
ގިނަ ބޭންކްތަކެއް ބަންދުކުރެވުނު ނަމަވެސް، އޭގެ ތެރެއިން މަދު ބޭންކެއް ފިޔަވައި އެހެން ބޭންކްތަކުގެ ރައުސްމާލްގައި އެއް ބިލިއަން ޑޮލަރުވެސް ހަމައެއްނުވެއެވެ.
ތަފާސްހިސާބަށް ބަލާއިރު، 2010 ވަނަ އަހަރު 157 ބޭންކެއް ބަންދުކުރެވިފައިވާއިރު، 2009 ވަނަ އަހަރު ބަންދުކޮށްފައިވަނީ 140 ބޭންކެވެ. 2008 ވަނަ އަހަރު މި ޢަދަދު 25 ގައި ހުރިއިރު، 2007 ވަނަ އަހަރު ބަންދުކޮށްފައިވަނީ އެންމެ 3 ބޭންކެވެ.
______
މަސްދަރު: ޕްރެސްޓީވީ

ކޮމެންޓް (0)
ލޯޑް ކުރަމުން...