ރިޕޯޓް އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހީމް ނާޒިމް

ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކެއްގެ ފުރުޞަތު އޮތީ ޤައުމުގެ އެތެރެއަށްވުރެ ބޮޑަށް ބޭރުން ކަމުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޕެޓްރީސިއާ ބުޓެނިސް ބުނެފި އެވެ. މީގެ ސަބަބެއް ކަމުގައި ބުނީ ދިވެހިރާއްޖެއާއި ގާތުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ޙަރަކާތްތެރިވަމުން ދިޔުމާއި، އަފްޣާނިސްތާނު އަދި ޕާކިސްތާނުގައި ހިނގަމުންދާ ހަނގުރާމައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމް މިއީ މިފަދަ ކަމެއް މެދުވެރިކުރުވަފާނެ ކަންތައްތައް ކަމުގަ އެވެ. ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ މެދުމިނުގެ ވިސްނުމެއް ގެންގުޅެމުން އައި ޤައުމެއް ކަމަށާއި ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން 'ޙައްދުފަހަނާއަޅާފައިވާ ހަރުކަށި' ވިސްނުން މި ޤައުމުގައި ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމުގައި ބުންޏެވެ.

މި ކްރިސްޓިޔަން ކާފަރު ކަނބުލޭނގެ އިތުރަށް ދެމި ހާސަރުތަކުގެ ތެރޭގައި ގުއަންޓަނަމޯ ޖަލު ބަންދުކުރުމަށް އެމެރިކާ ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ސަރުކާރުން އެހީތެރިވަމުންދާތީ އެކަމަށް ޝުކުރުއަދާކުރާކަމަށް ބުންޏެވެ. ޕެޓްރީސިޔާ އެންމެ ކަންބޮޑުވެގެން އުޅެނީ ދިވެހިރާއްޖޭގައި 'ދީނީގޮތުން ހަރުކަށި' ޚިޔާލުތައް ފެތުރެމުންދާތީ ކަމުގައި އެނގެން އޮތްއިރު، ދާދި ފަހަކުން އެމެރިކާއިން ވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ ވެރިން އެ ޤައުމަށް ގެންގޮސް މިކަމާގުޅިގެން ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް އަންގާފަ އެވެ. މިހިރީ މިއަދު ދިވެހި ޤައުމުގެ މައްޗަށް މި ބައިމީހުން އަތްގަދަކޮށްފައިވާ މިންވަރެވެ.

އެމެރިކާއިން ދައްކާ މިފަދަ ދޮގު ވާހަކަތައް ދެކޮޅުޖެއްސެން ނެތް އަނެއް ސަބަބަކީ ގުއަންޓަނަމޯ ޖަލު ބަންދުކުރަންވެގެން އެތަނުގައި ތިބިކަމަށް ބުނާ 'ދީނީގޮތުން ޙައްދުފަހަނާއަޅާފައިވާ' މުސްލިމުން ދިވެހިރާއްޖެ ގެންނަން އެމެރިކާ ބޭނުންވާތީ އެވެ. އެމެރިކާ ބުނާގޮތުން އެބައިމީހުންނަކީ އެންމެ ނުރައްކާތެރި 'ޓެރަރިސްޓުންނެވެ'. މިފަދަ ބަޔަކު ރާއްޖެ ގެނެސް މިނިވަންކަމާއެކު އުޅެން ދޫކޮށްލުމުން މި ޤައުމަށް ކުރިމަތިވެދާނެ 'ނުރައްކާތަކާމެދު' އެމެރިކާއިން ވާހަކަދެއްކުމުގެ ބަދަލުގައި އެކަން ކުރަން ބާރުއަޅާތީ ޙައިރާންވާންޖެހެ އެވެ. މީގެ އިތުރުން އެބުނާ 'ދީނީގޮތުން ހަރުކަށި ޚިޔާލުތައް' މި ޤައުމުގައި އިތުރުވުން ނޫންކަމެއް މިކަމުން މެދުވެރިނުވާނެކަން އެމެރިކާއަށް ރަނގަޅަށް އެނގެ އެވެ. އެބައިމީހުން ދިވެހިރާއްޖެ ގެނެސް އެތަންމިތާ އުޅެން ދޫކޮށްލާފައި ދުވަސްކޮޅެއް ފަހުން ދެން އެމެރިކާ ކިޔަންފަށާނީ މި ޤައުމަށް ގުއަންޓަނަމޯ ޖަލުން އައި މީހުންގެ ސަބަބުން ޙައްދުފަހަނާއެޅުމާއި ޓެރަރިޒަމްގެ ޙަރަކާތްތައް މިތަނުގައި އިތުރުވަނީ ކަމަށެވެ. މިހެން ބުނާއިރު އޮންނާނީ ޔަހޫދީން އަޑީގައި ތިބެގެން ދިވެހިރާއްޖޭގެ އެތަންމިތަނުގައި ބޮން ގޮއްވާފަ އެވެ. ދެން އެކަންކަން 'ތަޙުޤީޤުކޮށްދޭން' އެމެރިކާއިން ފޮރެންޒިކް ޓީމްތަކާއި، ސިފައިންނާއި ޖާސޫސުން އައިސް މިތަނުގައި ވަކިހިއްޕާލަންވީ އެވެ. އެއަށްފަހު ފާޑެއްގެ ދިރާސާ ރިޕޯޓެއް ނެރެ ދެން ހަދަންވީ ހުރިހާގޮތެއް އަންގާނެ އެވެ. މިހެންކަމުން ދިވެހިރާއްޖެއަކީ ވެސް 'ޓެރަރިޒަމާދެކޮޅަށް' އެމެރިކާ ކުރާ ހަނގުރާމައިގައި އެ ޤައުމުގެ ސިފައިން ކޮންމެހެން ބައިތިއްބަންޖެހޭ ޤައުމެއް ކަމުގައި ކަނޑައަޅައި ނިންމާނެ އެވެ. މިހާ ހިސާބުން ދިވެހިރާއްޖެ ވެސް އަފްޣާނިސްތާން ނުވަތަ ޢިރާޤް ފަދައިން ސުންނާފަތިވެގެންދާކަށް ގިނަ ދުވަހެއް ނުނަގާނެ އެވެ. އެހެނީ އެމެރިކާ ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއްގައި ބައިވެރިވުމުގެ އިތުރުން، އެމެރިކާގެ 'ކުނިއަޅާ ގޮނޑެއް' ކަމުގައި ދިވެހިރާއްޖެ ހަމަޖެއްސީތީ އެވެ. އެމެރިކާ އާއި ގުޅިގެން އުޅުމުން ފައިދާއަށްވުރެ ބޮޑަށް ވާނީ ގެއްލުންކަން ދުނިޔޭގެ ތާރީޚް ދައްކަމުން ދެއެވެ. މިސާލުތަކެއް ބޭނުންނަމަ ލެޓިން އެމެރިކާގެ ޤައުމުތަކާއި، ފިލިޕީންސް އަދި ޢިރާޤް ފުދޭހައި ވެއެވެ.
ގުއަންޓަނަމޯ ޖަލު ބަންދުކުރުމަކީ ދިވެހިންގެ މަސްޢޫލިއްޔަތެއް ނޫނެވެ. ސަބަބަކީ އެ ޖަލު ކިޔުބާގެ ގުއަންޓަނަމޯ ބޭގައި ހުޅުވީ ދިވެހިންކަމުގައި ނުވާތީ އެވެ. އަދި އެކަންކުރުމުގައި ދިވެހިންގެ އެއްވެސް މަޝްވަރާއެއް، ލަފައެއް ވެސް ނެތުމުންނެވެ. ދެން އޮތީ އެތަނުގައި ތިބި ކުށެއް ނެތް މުސްލިމުންނަށް އެހީތެރިވުމުގެ ވާހަކަ އެވެ. އެ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ޤައުމަކަށް ނުވަތަ މުޖްތަމަޢަކަށް ނިސްބަތްވާ މީހެކެވެ. އެމީހަކު ނިސްބަތްވާ ޤައުމެއްގެ މާދަރީ ބަހަކުން ވާހަކަދައްކާ މީހަކު މެނުވީ އެތަނުގައި ނެތެވެ. އެމީހެއްގެ ޤައުމަކީ ދުނިޔޭގައި މިނިވަން ޤައުމެއް ނޫންކަމުގައި ވިޔަސް، އެމީހެއްގެ އާއިލާ ކޮންމެވެސް ތަނަކު ވާނެ އެވެ. މިގޮތުން މިސާލަކަށް ދިވެހިރާއްޖެ ގެންނަ މީހަކީ ޗައިނާއިން އަޅުވެތިކޮށްގެން އުޅޭ އިރުމަތީ ތުރުކިސްތާން ނުވަތަ އިޒްރޭލުން އަޅުވެތިކޮށްގެން އުޅޭ ފަލަސްޠީނުގެ ރައްޔިތެއް ނަމަވެސް، އެނާގެ އާއިލާއާއި ވަކިން އެމީހަކު ދިވެހިރާއްޖެ ގެނެސް މިތަނުގައި ހުންނަން މަޖުބޫރުކުރުމަކީ އެމީހާގެ އިންސާނީ ޙައްޤުތަކަށް ދިވެހިރާއްޖެއިން އަރައިގަތުމެވެ. ދެން އެބުނަނީ ގުއަންޓަނަމޯ އަސީރުން ނިސްބަތްވާ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އެމީހުން ބޭނުންނުވާކަމަށާއި، ބަލައިނުގަންނާނެކަމަށް އަންގާފައިވާކަމަށެވެ. މިހެންކަމުން އެހެން އަންގާފައިވާ ޤައުމަކަށް ގުއަންޓަނަމޯ އަސީރުން ފޮނުވާލެވިއްޖެނަމަ އެމީހުން ހައްޔަރުކޮށް މަރާލަފާނެކަމުގެ ބިރު އެބަ އޮތްކަމުގަ އެވެ. އެބުނާ ކަމާބެހޭ ފަރާތަކީ އެ ޤައުމެއް އިސްތިޢުމާރުކޮށްގެން އުޅޭ ފަރާތެވެ. އެމީހުންގެ އާއިލާތަކާ މަޝްވަރާކޮށްގެން ގޮތެއް ފެނޭތޯ އެމެރިކާއިން ބެލީއަކީ ނޫނެވެ. އެމީހުންނަކީ ކުށެއް ނެތް ބައެއްކަމަށް އެމެރިކާއަށް އެނގުމުން އެމީހުންނަށް ހަމަދަރުދީވެގެން މިނިވަންކުރަން ބޭނުންނަމަ އެގޮތަށް ކަންތައް ކުރީހެވެ. މީގެ އިތުރުން އެމީހުންނަށް ނުޙައްޤުން އަނީޔާކުރެވިފައި ވާތީ އެކަމުގެ ބަދަލުދިނީހެވެ. ގުއަންޓަނަމޯ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު އެތަކެއް މިލިޔަން ޑޮލަރުން ބަދަލު ލިބުން ޙައްޤުވާ ބައެކެވެ. މިސާލަކަށް 10 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ދީފައި އެތަނުން ގައިދީއަކު މިނިވަންކޮށްބަލާށެވެ. އޭރުން އޭނާ ބަލައިގަންނަން ދުނިޔޭގެ ހުރިހާ ޤައުމަކުން ބޭނުންވާނެ އެވެ. އެހެނީ މިއަދުގެ ދުނިޔޭގައި ފައިސާވެރިންނަށް އެމީހަކު ބޭނުން ޤައުމެއްގެ ރައްޔިތަކަށް ވެވޭތީ އެވެ. ގުއަންޓަނަމޯ ގައިދީންނާމެދު އެމެރިކާއިން ކަންތައް ކުރަމުން ދާގޮތުން އެނގެނީ އެމީހުން މުޅިން މިނިވަންކޮށް ދޫކޮށްލަން އަދިވެސް ބޭނުންނުވާކަމެވެ. ދެން މި ހާޖާނުގަނޑުގެ ތެރެއަށް ދިވެހިން ބޭނެންވީ ކީއްކުރަން ހެއްޔެވެ؟

ގުއަންޓަނަމޯ ޖަލުން ދިވެހިރާއްޖެއަށް މީހުން ގެންނަނީ ހަމައެކަނި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ބޭނުމަކު ނޫނެވެ. އެމެރިކާއިން އެކަން ކުރުމަށް އަންގައިގެންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް މި ޤައުމުގެ ސަރުކާރުން ކިހާވަރެއްގެ ޝައުޤުވެރިކަމެއް ހުރިތޯ އެނގޭނެ ގޮތެއް އެބައޮތެވެ. އެ ގޮތަކީ ފަލަސްޠީނުގެ ނުވަތަ އެނޫންވެސް އެފަދައިން އަޅުވެތިކުރެވިފައިވާ މުސްލިމް ޤައުމަކުން ފަޤީރު ހާލުގައިވާ ޔަތީމު ކުދީންގެ ތެރެއިން އެންމެ 10 ވަރަކަށް ކުޑަކުދީން ނަމަވެސް ގެނެސް ބެލެހެއްޓުމަށް ޕެޓިޝަނެއްގައި ގިނަ ޢަދަދެއްގެ ރައްޔިތުން ސޮއިކޮށް ސަރުކާރަށް ހުށަހެޅުމެވެ. މިހެން ހެދުމުން އިތުރު ބަހަނާއެއް ނުދައްކާ ސަރުކާރުން އެކަންކުރަން އެއްބަސްވެއްޖެ ނަމަ ދުނިޔޭގެ ކަންކޮޅުތަކުން ހާލުގައިޖެހޭ މުސްލިމުންނަށް ހަމްދަރުދީވާކަން ސާބިތުވީ އެވެ. މިހެން ނޫންނަމަ ހާލުގައިޖެހޭ މުސްލިމުންނަށް ހަމްދަރުދީވެގެން ގުއަންޓަނަމޯ ޖަލުން މީހުން ގެންނަނީ ކަމުގައި ނުބުނެވޭނެ އެވެ.(ނުނިމޭ)

ރާއްޖެއިސްލާމް.ކޮމް އިން ނަގާފައި

ޓެގް

ލާއިންސާނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.