އަރަބިދުނިޔެދިއިސްލާމްދުނިޔެ

ފަލަސްތީނުގައި ޔަޙޫދީން ވަޒަންވެރިކުރުން ހުއްޓާލާ، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފައްދާގޮތަށް ނޫނީ ދެން އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް ނުފެށުމަށް ނިންމައިފި

ފޮޓޯ : އޭއެފްޕީ

ފަލަސްތީނުގައި ޔަޙޫދީން ވަޒަންވެރިކުރުން ހުއްޓާލާ، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފައްދާގޮތަށް ނޫނީ ދެން އިޒްރޭލާ އެކު ސުލްހައިގެ ވާހަކަތައް ނުފެށުމަށް ފަލަސްތީނުން ނިންމައިފި އެވެ.

އދ ގައި ފަލަސްތީނު ދައުލަތައް ރުހުން ހޯދުމަށް ހުށަހެޅުމަށް އެމެރިކާގެ ނިއުޔޯކައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހަމޫދު އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާވެފައިވަނީ ފަލަސްތީނުން ދެން ވަގުތު ބޭކާރު ކުރަން ބޭނުން ނުވާކަމަށާއި އިސްރާއީލާއެކު މަޝްވަރާތައް ފަށާނީ ފަލަސްތީނުން ހުށަހަޅާ ހުށެހަޅުން ތަކާއި ރުހޭ ކަމުގައި ވާނަމަ ކަމަށެވެ. އަދި މިހާރު ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ފެށިއްޖެކަމަށާއި މި މަސައްކަތް ކާމިޔާބު ކުރުމަށް ނުކުރާނެ ހަމަ އެށްކަމެއްވެސް ނޯންނާނެ ކަމަށެވެ. ވާހަކަތައް ދެން ފަށާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ފަށާފައިވާ މަސައްކަތްތައް ހުއްޓާލުމުގެ މައްޗަށް ކަމަށްވެސް އައްބާސްގެ މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައްބާސް އަންނަ އަހަރު ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވާއިރު ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ  ފަށާފައެވެ. އަދި މި މައްސަލަ ވަނީ އދ އަށްވެސް ހުށަހަޅުއްވާ ދެ ހަފްތާގެ މުއްދަތެއް އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ދެއްވާފައެވެ.

އައްބާސްގެ މި ބަޔާނަށް ރައްދު ދެމުން ޔަހޫދީ ދަޢުލަތުގެ ފަރާތުން ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އެއްވެސް ޝަރުތަކާއިނުލާ އަލުން ވާހަކަތައް ފެށުމަށް ފަލަސްތީނަށް ގޮވާލާފައެވެ. ނަމަވެސް މި ފަހަރު ފަލަސްތީނުން ބުނަމުން އަންނަނީ މަޝްވަރާތައް އެއްވެސް ޝަރުތަކާނުލާ ކުރެވިއްޖެ ކަމަށާއި ދެން އެގޮތައް އެކަން ނުވާނެ ކަމަށެވެ. ފަލަސްތީނުން އިސްރާއީލާ އެކު މަޝްވަރާތައް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ފަލަސްތީނުގެ ރައީސްގެ ތާރީހީ ދަތުރު ރަން އަކުރުން ފަލަސްތީނުގެ ތާރީހުގައި ލިޔެވޭ އިރު އެ ޤައުމުގެ މުސްލިމް އަޚުންނާއި އުޚްތުން ރައީސް އައްބާސ ޤައުމަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޚަބާއެއް ކިޔާ ބަތަލެއްގެ މަޤާމް އަރުވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *