ދިއިސްލާމް ތުރުކީ އިން އޮތީ އިޒްރޭލާއި ކުރިމަތިލުމަށް ތައްޔާރަށް: ތުރުކީގެ ބޮޑުވަޒީރު

ތުރުކީ އިން އޮތީ އިޒްރޭލާއި ކުރިމަތިލުމަށް ތައްޔާރަށް: ތުރުކީގެ ބޮޑުވަޒީރު

ތުރުކީ އިން އޮތީ އިޒްރޭލާއި ކުރިމަތިލުމަށް ތައްޔާރަށް: ތުރުކީގެ ބޮޑުވަޒީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ ބޮޑުވަޒީރު ޠައްޔިބް އުރުދުއާން

އިޒްރޭލާއި ކުރިމަތިލާން ޖެހިއްޖެ ޙާލަތެއްގައި ތުރުކީ އިން އޮތީ އެކަމަށް ތައްޔާރަށް ކަމަށް ތުރުކީގެ ބޮޑުވަޒީރު ޠައްޔިބް އުރުދުއާން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓްތަކަށް އިޒްރޭލުން ހަމަލާދީ ތުރުކީގެ 9 ރައްޔިތުން މަރާލާފައިވުމަކީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތޯ ތުރުކީގެ ނޫސްވެރިއަކު ސުވާލުކުރުމުން އުރުދުއާން ވިދާޅުވީ ހަނގުރާމަ ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރާނެ ކަމަށެވެ.

"އިޒްރޭލުން ވަނީ 3 ބޯޓަކަށް ހަމަލާދީފައި. އޭގެ ތެރެއިން އެއް ބޯޓެއްގައި 33 ގައުމެއްގެ 400 އެއްހާ މީހުން ތިބި. ބައިނަލްއަޤްވާމީ ކަނޑު އަދި ވައިގެ މަގުން ދަތުރު ކުރީ. އެފަދަ ހަމަލާ އެއް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދެއްގައި ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފްކަމެއް." ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓްތަކަށް އިޒްރޭލުން ދީފައިވާ ޓެރަރިސްޓް ހަމަލާތަކާ ބެހޭ ގޮތުން އުރުދުއާން ވިދާޅުވިއެވެ.

އެހަމަލާ އާއި ގުޅިގެން އިޒްރޭލުން ތުރުކީގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުދޭންޖެހޭނެ ކަމަށް މީގެ ކުރިން އުރުދުއާން ވިދާޅުވެފައިވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވި އެވެ.

އުރުދުއާން މީގެ ކުރިން "އިޒްރޭލަކީ ވިޔާނުދާ ދަރިއެއް" ކަމުގައި ވިދާޅުވެފައި ވާތީ އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ އިތުރަށް އެބަސްފުޅު ތަކުރާރު ކުރެއްވި އެވެ.

"އިޒްރޭލަކީ ހުޅަނގުން އުފަންކޮށްފައިވާ ވިޔާނުދާ ދަރިއެއް. އަޅުގަނޑު ހަމަ އެގޮތަށް ބުނާނީ އަދިވެސް" އުރުދުއާން ވިދާޅުވިއެވެ.

އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާއި މުސްލިމުންނާމެދު ގެންގުޅޭ ނޭއްގާނީ ސިޔާސަތަށް އިންކާރުކޮށް ތުރުކީން ވަނީ މިމަހު 2 ވަނަ ދުވަހު އެގައުމުގެ އިސްތަންބޯލް ގައި ހުންނަ އިޒްރޭލްގެ އެމްބެސެޑަރު އެތަނުން ފޮނުވާލާފަ އެވެ. އަދި ތުރުކީވިލާތާއި އިޒްރޭލާ ދެމެދުގައި ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތް އޮންނާނީ ދެވަނަ ދަރަޖައިގެ ސެކްރެޓަރީން ފެންވަރުގައި ކަމަށް ވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.