ލައިވް ބްލޮގް ލައިވް ބްލޮގް: ފަލަސްޠީނުގެ މިނިވަން ދައުލަތެއްކަމަށް ހެދުމަށް ޔޫއެންއަށް ހުށައެޅުން

ލައިވް ބްލޮގް: ފަލަސްޠީނުގެ މިނިވަން ދައުލަތެއްކަމަށް ހެދުމަށް ޔޫއެންއަށް ހުށައެޅުން

ލައިވް ބްލޮގް: ފަލަސްޠީނުގެ މިނިވަން ދައުލަތެއްކަމަށް ހެދުމަށް ޔޫއެންއަށް ހުށައެޅުން

ކިޔާލަން ހޭދަވާނީ 9 މިނިޓް

ފޮންޓް ސައިޒް

4 އޮކްޓޯބަރ 2011

އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް އަލްމާލިކީ  ހާމަކުރައްވާފައިވާ ގޮތުގައި “ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައިގެ ޤާނޫނީ ޙައިޘިއްޔަތު ބެލުމަށްޓަކައި ކަމާބެހޭ ޤާނޫނީ ކޮމިޓީގެ ބައްދަލުވުމެއް  ބާއްވާފައިވާ ކަމަށާއި ސަލާމަތީ މަޖިލީހުން ވޯޓަކަށް ދާނީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީން މިކަން ބެލުމަށްފަހުގައި” ކަމަށެވެ. ތަފްސީލް ވިދާޅުވޭ!

25 ސެޕްޓެމްބަރ 2011

އދ ގައި ފަލަސްޠީނުގެ ރައީސް ދިން ތަޤްރީރާމެދު ކަންބޮޑުވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ހާމަކޮށްފި - ހާރެޓްޒް

ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް އދ ކަނޑައަޅައިފިނަމަ، އިޒްރޭލުގެ ފަރާތުން ހަރުކަށިކަން ފެނިދާނެކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ލިބަރމަން ހާމަކޮށްފި. - ހާރެޓްޒް

މީގެ ކުރިން ދިވހި ޚާރިޖިއްޔާ ގެ ފަރާތުން ފޮރިން މިނިސްޓަރ ނަސީމް ވަނީ ލިބަރމަން އާ ބައްދަލު ކޮށްފައި. އެ ދަތުރަށްފަހު ރައްޔިތުންނާ ވާހަކަ ދައްކަމުން ނަސީމް ބުނެފައިވަނީ އިޒްރޭލާ ދިވެހިރާއްޖޭން ގުޅުން ބަދަހި ކުރާނީ އިޒްރޭލުން ފަލަސްޠީނުގައިވާ އަޅުގަނޑުމެންގެ އަޚުންނަށް ކަންތައް ކުރާގޮތެއްގެ މައްޗަށް ބަލާފައިކަމަށެވެ.

ރައީސް އައްބާސް އެނބުރި ފަލަސްޠީނަށް ވަޑައިގަތުމުން ބަޠަލަކަށް ކިޔާފަދަ މަރުހަބާ އެއް ކިޔައިފި

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ވަޒަންވެރިންތަކެއް ފަލަސްޠީނުގެ ރައްޔިތަކަށް އަނިޔާކޮށްފިކަމުގެ ހަބަރު ލިބިއްޖެ. މަންޒަރު ދުށް ފަރާތަކުން ހާމަ ކުރާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ބައިތުލަހަމް ގައެވެ. މި ހާދިސާ ހިނގާފައިވަނީ ފަލަސްޠީނުގެ އަޚް،  ކާރުގައި ދުއްވާފައި ދިޔަ ވަގުތު ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ވަޒަންވެރިން ގާ އުކުމުގެ ސަބަބުން ހިނގި ކާރު އެކްސިޑެއްގެ ސަބަބުން ނެވެ. އިޒްރޭލުގެ ފުލުހުން ހާދިސާ ހިނގި ސަރަހައްދަށް އައިކަމުގައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. - މައުލޫމާތު : ޤައްސާމް ވެބްސައިޓް

24  ސެޕްޓެމްބަރ 2011

ކުއަރޓެޓް ގެ ހުށައެޅުމަށް ފަލަސްޠީނުގެ ރައީސް އައްބާސް އިދިކޮޅު ހައްދަވައިފި. ކުއަރޓެޓް (ރަޝިޔާ، ޔޫރަޕިޔަން ޔޫނިޔަން، އދ، އަދި އެމެރިކާ) އިން ހުށައަޅާފައިވަނީ 2012 ގެ ކުރިން އެއްބަސް ވުމަކާ ހަމައަށް އައުމަށްޓަކައި ލަސްވެގެން އެއްމަސް ތެރޭގައި އަލުން އެއްވެސް ޝަރުތެއްނެތި އިޒްރޭލާ އެކު ސުލްހައިގެ ވާހަކަތައް ފެށުމަށެވެ.  ނަމަވެސް އިޒްރޭލުގެ ވަޒަންވެރިން ހުއްޓުވުމަށް ގެނައުމަށް ގޮވާލާފައި ނުވާތީ އައްބާސް ވަނީ އެ ހުށައެޅުމަކީ ބަލާގަނެވޭނެ ހުށައެޅުމެއް ނޫން ކަމަށް ބުނެފައެވެ. އަދި ވާހަކަތައް ބިނާވާންޖެހޭނީ 1967 ވަނަ އަހަރު ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ. - ޕްރެސް ޓީވީ

23  ސެޕްޓެމްބަރ 2011

މިހާރު ވާހަކަ ދައްކަމުން ދަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ. ނަތަންޔާހޫގެ ވާހަކައިގައި އީރާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އެބަދޭ.

މަހްމޫދު އައްބާސް އދ ގައި ވާހަކަ ފުޅު ދައްކަވައިފި.

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތަށް ބަލައިގަތުމަށް އެދި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް އދ އަށް ހުށައަޅައިފި.

އިރުމަތީ އޫރުޝަލީމްގައި ހިނގަމުންދާ ކުރިމަތިލުން

20:20 : އިޒްރޭލު ސިފައިން ފަލަސްތީނުގެ ޒުވާނެއް ގަޔަށް ބަޑިޖަހާ އޭނާ މަރާލައިފި. ފަލަސްޠީނުގެ ޒުވާނުންނާ ދެކޮޅަށް ލައިވް ވަޒަން ބޭނުން ކުރަމުން ދާ ކަމަށާއި، އިޒްރޭލު ސިފައިން ބަޑި ޖަހާ ފަލަސްޠީނުގެ ޒުވާނެއް މަރާލިކަމަށް އިޒްރޭލުގެ ނޫސްތަކުންވެސް ބުނަމުން އެބަދޭ. އަދި ވަޒަން އަރާފައިވަނީ ކަރަށް ކަމަށްވެސް އެބައިމީހުން ހަބަރު ދޭ. މަސްރަހު ދަނީ ވަރަށް ހޫނުވަމުން.......

އިރުމަތީ އޫރުޝަލީމް (ޖެރޫސަލަމް) ގައި ފަލަސްޠީނުގެ ޒުވާނުންނާއި އިޒްރޭލުގެ އަމަން ބަލަހައްޓާ ފަރާތްތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަމުން އެބަދެއެވެ. ފަލަސްޠީނުގެ ޒުވާނުން ދަނީ އިޒްރޭލުގެ ފުލުހުންނާ ދިމާލަށް ގާ އުކަމުންނެވެ. މިހާތަނަށް އައި އިރު ބައެއް ޒުވާނުން ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެމުން ދޭ.

ފަލަސްތީނުގެ 8 އަހަރުގެ ކުޑަކުއްޖެއްގައިގައި އިޒްރާއީލުގެ މީހަކު ދުއްވިކާރަކުން ޖައްސާ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި
މަންޒަރު ދުއްމީހުން ބުނާ ގޮތުގައި ކާރު އެކުއްޖާގެ ގައިގައި ޖެއްސުމަށްފަހުވެސް މަޑެއްނުކުރޭ.. އަދި ކުޑަކުއްޖާގެ ހާލު ވަރަށް ސީރިއަސްކަމަށް ހަބަރުލިބޭ. މިކަމެއް ހިނގައިފައި ވަނީ ހާރބަންގައި
އެވަގުތު ސިއްހީ ފަރުވާދޭން ފަލަސްތީނާއި އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުންވެސް އެތަނަށް އައިކަމަށް ހަބަރުލިބޭ.. ނަމަވެސް އެ ކުއްޖާ ގެންދިޔައީ އިޒްެރާއީލުގެ އެމްބިއުލެންސްގައި ކަމަށްވެސް ހަބަރުތައް ބުނޭ

އެއްވެސް ޝަރުތަކާއި ނުލާ ތުރުކީއިން ފަލަސްތީނަށް ތާއީދު ކުރާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
ތުރުކީގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައި މިވަނީ އދ. ގެ 66 ވަނަ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
" އެއްވެސް ޝަރުތަކާއި ނުލާ ތުރުކީގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދެން.." އޭނާ އާއްމު މަޖިލީހުގައި ދަޤްރީރު ކުރައްވަމުން ވިދާޅުވިއެވެ.ތުރުކީގެ ބޮޑުވަޒީރު މި ވާހަކަފުޅާ ގުޅިގެން ފަލަސްތީނަށް ވަނީ އިތުރު ހިއްވަރެއްލިބިފައެވެ.

އިޒްރޭލުން ޝަރަކޯޒީގެ ހުށައެޅުމާ ދެކޮޅު ހަދައިފި

ފަލަސްޠީނާ ގުޅޭގޮތުން ފްރާންސްގެ ރައީސް ހުށައެޅި ހުށައެޅުން އިޒްރޭލުން ދެކޮޅުހަދައިފިއެވެ. ޝަރަކޯޒީ ހުށައަޅާފައިވަނީ ފަލަސްޠީނަކީ އދ ގެ މެމްބަރ ގައުމަކަށް ހެދުމުގެ ބަދަލުގައި މެމްބަރު ނޫން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށެވެ.

އެއްވެސް ޝަރުތަކާއި ނުލާ ތުރުކީއިން ފަލަސްތީނަށް ތާއީދު ކުރާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ތުރުކީގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައި މިވަނީ އދ. ގެ 66 ވަނަ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"  އެއްވެސް ޝަރުތަކާއި ނުލާ ތުރުކީގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދެން.." އޭނާ އާއްމު މަޖިލީހުގައި ދަޤްރީރު ކުރައްވަމުން ވިދާޅުވިއެވެ.

ތުރުކީގެ ބޮޑުވަޒީރު މި ވާހަކަފުޅާ ގުޅިގެން ފަލަސްތީނަށް ވަނީ އިތުރު ހިއްވަރެއްލިބިފައެވެ.


22 ސެޕްޓެމްބަރ 2011

ދުނިޔޭގެ ވެރިން އޮބާމާ އަކީ މިސާލެއްކަމުގައި ބަލައިގަންނާނެކަމަށް އުއްމީދު ކުރަން: އިޒްރޭލުގެ ބޮޑު ވަޒީރު

ދުނިޔޭގެ ގައުމުތަކުގެ ވެރިން އޮބާމާ މިސާލެއްގެ ގޮތުގައި ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ ބުދަ ދުވަހު އެމެރިކާގެ ރަޢީސް އދ. ގައި ވާހަކަ ދެއްކެމަށްފަހު އޮބާމާ އާއި ނަތަންޔާހޫ އާއި ދެމީހުން ކުރި ބައްދަލުވުމުގެ ތެރޭގައެވެ. މިބައްދަލު ކުރުމުގައި އދ. ގެ އާއްމު މަޖިލީހުގައި އެމެރިކާގެ ރަޢީސް ދެއްކި ވާހަކަ އަށް އިޒްރޭލުގެ ބޮޑުވަޒީރު ތަޢުރީފު ކުރިއެވެ. އޭނާ ބުނީ ރަޢީސް އޮބާމާ އަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި "ޝަރަފުގެ ބެޖެއް" އޮބާމާއަށް މިހާރު ހައްޤު ވެއްޖެކަމަށެވެ.

އިތުރު ތަފްޞީލް

22 ސެޕްޓެމްބަރ  2011

އެމެރިކާގެ ރަޢީސް ފަލަސްތީނުގެ ރަޢީސް އާއި ބައްދަލު ކުރަށްވައިފި

މި ބަދައްދަލުވުން ކުރިޔަށް ދިޔައީ އިޒްރާއީލުގެ ބޮޑުވަޒީރާއި އޮބާމާ ބައްދަލު ކުރެއްވިތާ 7 ގަޑި އިރު ފަހުންނެވެ.  މި ބައްދަލުވުމަށް ފަހުވެސް ފަލަސްތީނުން ބުނެފައިވަނީ މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ރައީސް މި ބައްދަލު ކުރެއްވީ ފަލަސްތީނުގެ ހިޔާލު ބަދަލު ކޮށްލެއްވުމުގެ ބޭނުންފުޅުގައެވެ.

ވީޓޯ ކުރުމާއި ދެކޮޅަށް ފަރަންސޭސިވިލާތުގެ ރަޢީސް އިންޒާރު ދެއްވައިފި

އދ.ގައި މިހާރު ކުރިއައްދާ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސިވިލާތުގެ ރައީސް ވިދާޅުވީ، މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުން ވީޓޯ ކޮށްފިނަމަ މެދުއިރުމަތި ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

އޭނާ ވަނީ މަޝްވަރާގެ މޭޒަށް ދެޤައުމަށްވެސް ގޮވާލައްވާފައި.

މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ބްރެޒިލް  އާއި އާރޖެންޓީނާގެ ވެރިން އދ.ގެ މަޖިލީހުގައި ގޮވާލައްވައިފި.

އިޒްރާއީލުގެ ބޮޑު ވަޒީރު އެމެރިކާގެ ރައީސް އާއި ބައްދަލު ކޮށްފި

އޭނާ ވަނީ މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން އދ.ގައި ފަލަސްތީނުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް އޮބާމާ އަރިހުގައި ބުނެފައެވެ. އަދި އެމެރިކާއިން އިޒްރާއީލަށް މިކަމުގައި ދޭން އެއްބަސްވެފައިވާ އެއްބާރުލެއްވުން ދެއްވުމަށްވެސް އޮބާމާ އަށްވަނީ ހުށައަޅާފައެވެ.

މިނިވަން ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ލިބެންޖެހޭކަމަށް އޮބަމާ އަނެއްކާވެސް ވިދާޅުވެއްޖެ

މިނިވަން ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ލިބެންޖެހޭކަމަށާއި ނަމަވެސް އެ ދަރަޖަ ލިބެން އޮތީ އިޒްރާއީލާއި ވާހަކަ ދައްކައިގެން ކަމަށް އެމެރިކާގެ ރައީސް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ މިހެން ވިދާޅުވީ މިއަދު އދ.ގެ އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މީގެ އެއް އަހަރު ކުރިން އަހަރެން މި މަޤާމުގައި ހުރެ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ގޮވާލިން..އަހަރެން އޭރުވެސް އެކަން ޤަބޫލު ކުރިން..އަދި މިހާރުވެސް އެކަން ޤަބޫލު ކުރަން..ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއްގެ ހައްޤު.." އޮބާމާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ދުވަސްވީ މި މައްސަލައަށް އދ.ގައި ފާސްކޮށްލެވޭ ގަރާރަކުން ހައްލެއްނާންނާނެ ކަމަށެވެ.

ފަލަސްތީނުގައި އެތައްހާސް ބަޔަކު އެއްވެ، މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރި ވެއްޖެ

މިނިވަން ދައުލަތެއްގެ ދަރަޖަހޯދުމަށް އދ. އަށް ފަލަސްތީނުން ދިޔުމުން އެޤައުމުން އެކަމަށް ތާއީދު ކުރާކަން ދުނިޔެއަށް ހާމަ ކޮއްދީފިއެވެ. މި އެއްވުމުގައި ބައިވެރިވީ ފަލަސްތީނުގެ އިސްވެރިންނާއި، އާއްމުންގެ އިތުރުން ކިޔަވާކުދިންނެވެ. އަދި ސިވިލް ސާރވަންޓުންވެސް ބައިވެރިކަމަށް ހަބަރު ލިބެއެވެ.

ޝީސެލްސް އިން ފަލަސްތީނުގެ ހުށަހެޅުމަށް ތާއީދު ކުރާ ކަމަށް ބުނެފ

21 ސެޕްޓެމްބަރ 2011
މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާނަން ؛ ރަޝިޔާ

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ރަޝިއާއިން ޔަގީންގަން ދީފިއެވެ. ރަޝިއާއިން މިހެން ބުނެފައި މިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ނިއުޔޯކްގައި ހުންނަވާ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިތުރު ތަފްސީލް.


21 ސެޕްޓެމްބަރ 2011
 މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ޗައިނާއިން ތާއީދުކުރޭ
އަންގާރަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޗައިނާގެ ފޮރިން މިނިސްޓްރީ އިން ވިދާޅުވީ ޗައިނާއަށް ފަލަސްތީނުން ކުރާ މަސައްކަތް ގަބޫލު ކުރެވޭ ކަމަށާއި އެކަމަށް ތާއީދު ވެސް ކުރައްވާ ކަމަށެވެ. ނަމަވެސް އދ. ގައި ވޯޓް ދޭނެ ގޮތެއް އޭނާ ވިދާޅެއް ނުވެއެވެ.

އިތުރު ތަފްސީލް.

21 ސެޕްޓެމްބަރ 2011

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ރައީސް އައްބާސް ވިދާޅުވެއްޖެ

ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ. މިދިޔަ ހޯމަ ދުވަހު އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އާއި ބައްދަލު ކުރެއްވުމަށްފަހު ފަލަސްތީނުގެ ރައީސް ވަނީ މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

އިތުރު ތަފްސީލް.

20 ސެޕްޓެމްބަރ 2011

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް މަޙްމޫދު އައްބާސް އިޒްރޭލަށް ގޮވާލައްވައިފި

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދ އަށް ރަސްމީކޮށް ހުށަހެޅުމުގެ ކުރިން، އިޒްރޭލުން އެކަން ބަލައިގަތުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ގޮވާލައްވައިފިއެވެ. އައްބާސް މިހެން ގޮވާލައްވާފައި ވަނީ ހޯމަ ދުވަހު ނިއުޔޯކަށް ވަޑައިގެންނެވުމަށް ފަހުއެވެ.

އިތުރު ތަފްސީލް.

20 ސެޕްޓެމްބަރ 2011

ފަލަސްތީނުން އދ އަށް ހުށަހަޅާ ހުށަހެޅުން ކާމިޔާބެއް ނުވާނެ : އިޒްރޭލުގެ ބޮޑުވަޒީރު

ފަލަސްތީނުން އދ އަށް ހުށަހަޅާ ހުށަހެޅުން ކާމިޔާބު ނުކުރެވޭނެކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ނަތަން ޔާހޫ ބުނެފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ މިކަމުގައި އެމެރިކާ ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.

އިތުރު ތަފްސީލް.

18 ސެޕްޓެމްބަރ 2011

އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ހުށަހަޅުއްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ

ޓީވީ މެދުވެރި ކުރައްވާ ދެއްވި ހިތާބެއްގައި  ރައީސް އައްބާސް ވިދާޅުވީ އދ އަށް ދަނީ ގާނޫނީ ހައްޤަކަށް އެދި ހުށަހަޅަން ކަމަށާއި ފަލަސްތީނަކީ އދ. ގައި ފުރިހަމަ މެންބަރަކަށް ހެދުމަށް ކަމަށެވެ.

އިތުރު ތަފްސީލް.

17 ސެޕްޓެމްބާރ 2011

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދެއް ނުކުރާނަން: ކެނެޑާ

ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އދ. އަށް ބަލައިގަތުމާ ދެކޮޅު ހަދާނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ސްޓެފަން ހާޕާ އިއްޔެ ބުނެފިއެވެ.

"ކެނެޑާ އިން ދެކެނީ މިއީ ވަރަށް ދެރަކޮށް ކުރާ ކަމެއްހެން. އދ.ގައި މި ކަމަށް ދެކޮޅު ހަދާނަން،" ހާޕާ ބުނެފައިވެއެވެ.

15 ސެޕްޓެމްބަރ 2011

ފަލަސްތީނުން އދ. އަށް ދިއުމަކީ ސުލްހަޔަށް ފުރަގަސް ދިނުމެއް ނޫން: އައްބާސް

މިސްރުގައި މިހާރު ވެރިކަންކުރާ ސުޕްރީމް ކައުންސިލް އޮފް ދި އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް ސާމީ އަނާންއާ ބައްދަލުކުރެއްވުމަށް ފަހު އައްބާސް ވިދާޅުވީ "މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ފަލަސްތީނުން އދ. އަށް ހުށަހެޅުމުގެ މާނަ އަކީ ފަލަސްތީނުން ސުލްހަޔަށް ފުރަގަސް ދިނުން ނޫން"ކަމަށެވެ.


15 ސެޕްޓެމްބަރ 2011

ޢިސްރާއިލްގެ ފޮރިންމިނިސްޓަރ ފަލަސްތީންގެ ރައްޔެތުންނަށް ބިރުދައްކައިފި

އިޒްރޭލުގެ ފޮރިންމިނިސްޓަރ ލީބަމަން ފަލަސްތީނަށް ބިރުދައްކައިފައިވަނީ  ފަލަސްތީނުން މިނިވަން ދައުލަތެއް ގޮތުގައި އ.ދ. ގެ މެމްބަރުކަން ހޯދަން މަސައްކަތްކުރާނަމަ އޭގެ ނަތީޖާ ހަރުކަށިވެފައި އަނިޔާވެރިވާނެކަމަށް ބުނެއެވެ.

އިތުރު ތަފްސީލް.

5 ސެޕްޓެމްބަރ 2011

ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވޯޓު ލަސްކުރުމަށް އެމެރިކާ ކުރާ އާދޭސް އަދި “ޕަލަސްޓައިން 194″ ގެ މުޒާހަރާތައް!

މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އދ. ގައި ފަލަސްޠީނުގެ މިނިވަން ދައުލަތަކާ މެދު ނަގާ ވޯޓު ފަސްކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުން އެބަދެއެވެ. ފަލަސްޠީނުގެ އިސް އޮފިޝަލުންގެ ގާތު އެމެރިކާ އިން ބުނަމުންދަނީ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށްޓަކާ ވޯޓުނެގުން ފަސްކުރުމަށެވެ.

އިތުރު ތަފްސީލް.

2 ސެޕްޓެމްބަރ 2011

އދ ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް ތާއީދުކޮށް އެކަމަށް ހިތްވަރުދޭކަމަށް އިޒްރޭލުގެ ރައްބީއެއް ކަމަށްވާ މެނަޗެން ފްރޯމަން ހާމަކޮށްފިއެވެ.

އިތުރު ތަފްސީލް.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އދ. ގައި ފަލަސްޠީނުގެ މިނިވަން  ދައުލަތެއްކަމަށް ހެދުމަށް  ޔޫއެންއަށް ހުށައެޅުމަށް ފަސްތީނުން ނިންމައިފިއެވެ.

މުހިންމު ލިޔުންތައް:

ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (1 ވަނަ ބައި)

ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (1 ވަނަ ބައި)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.