ދިއިސްލާމް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް ރަޝިއާއިން ބުނެފި

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް ރަޝިއާއިން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ރަޝިއާއިން ޔަގީންގަން ދީފިއެވެ.

ރަޝިއާއިން މިހެން ބުނެފައި މިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ނިއުޔޯކްގައި ހުންނަވާ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައީސް އައްބާސް ވަނީ އޭނާއާއި ބައްދަލު ކުރައްވަވާ، މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް އެދި ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްކަމުގައިވާ، އަދި އެމަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުވެސް ލިބިފައިވާ ރަޝިއާއިން ބުނެފައި ވަނީ ސަލާމަތީ މަޖިލީހުގައި ފަލަސްތީނަށް ތާއީދު ކުރާނެކަން ޔަގީން ކަމުގައެވެ.

ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިއާގެ އިތުރުން ފަލަސްތީނަށް ތާއީދު ކުރާކަމަށް ބުނެފައި ވަނީ ޗައިނާއިންނެވެ.

ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ހުށަހެޅުން ފާސް ކުރުމަށް އެ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 9 ގައުމަކުން ތާއީދު ހޯދަން ޖެހެއެވެ. އަދި ވީޓޯގެ ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ގައުމަކުން ދެކޮޅު ހަދައިފިނަމަ އެ މައްސަލައެއް ސަލާމަތީ މަޖިލީހުން ފާހެއްނުވާނެއެވެ. އެމެރިކާއިން ދަނީ ސަލާމަތީ މަޖިލީހުގެ އަނެއް 14 ގައުމުންވެސް ފަލަސްތީނުގެ ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދޭތޯ މަސައްކަތް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.