ދިއިސްލާމް ސްރީލަންކާގެ ނަސްލީ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި މުސްލިމުން ބައިވެރިކުރުމަށް އެދެފި

ސްރީލަންކާގެ ނަސްލީ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި މުސްލިމުން ބައިވެރިކުރުމަށް އެދެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮލޮމްބޯ: ސްރީލަންކާގައި ނިމިދިޔަ ނަސްލީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި މުސްލިމުން ބައިވެރިކޮށްދިނުމަށް މުސްލިމުންގެ ބޮޑު ސިޔާސީ ޕާޓީއެއް ކަމަށްވާ ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ގެ ފަރާތުން ސަރުކާރުގައި އެދެމުން އެބަދެ އެވެ.

އެޕާޓީގެ ޗެއަރމަން އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ކޯޕަރޭޓިވްސް އެންޑް އިންޓަރނަލް ޓްރޭޑް ބަޝީރު ސެގޫ ދާޥޫދު ވިދާޅުވާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން މުސްލިމުންނަށް ވެސް އަސަރުކޮށްފައި ވާތީ، މިމައްސަލަ އަށް ޙައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުން ސްރީލަންކާގެ މުސްލިމުންވެސް ބައިވެރިކުރަން ވާނެއެވެ. އެބޭފުޅާ މިހެން ވިދާޅުވެފައި މިވަނީ މި ސެޕްޓެމްބަރ މަހު އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބާރޓް ބްލޭކް މިމައްސަލައަށް ޙައްލު ހޯދުމުގެ ނަމުގައި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެއްވެސް މުސްލިމް ސިޔާސީ ލީޑަރަކާ ބައްދަލުނުކުރައްވާ ފުރާވަޑައިގެންފައި ވަނިކޮށެވެ.

ބަޝީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ އިން މިމައްސަލައަށް ޙައްލެއް ހޯދަން އެދޭނަމަ މުސްލިމުންނާ ވެސް ވާހަކަ ދައްކަން ޖެހޭނެއެވެ. ނަމަވެސް ރޮބާރޓް ބްލޭކް އެފަދައިން ޢަމަލުކުރެއްވީ ކީއްވެކަމެއް ނޭނގޭ ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މީގެ ކުރިން ނިންމަވާފައިވަނީ އެތާނގެ ޤާނޫނު ހަދާ މަޖްލީހުގެ ފަރާތުން ޢައްޔަނު ކުރާ ކޮމިޓީއަކުން މިމައްސަލައާ މެދު މަޝްވަރާކޮށް ސިޔާސީ ޙައްލެއް ގެނައުމަށެވެ. ރާޖަ ޕަކްސަ ވިދާޅުވާ ގޮތުގައި، ޙައްލެއް ހޯދުމުގައި ބަލަން ހަމައެންމެ ސިޔާސީ ޕާޓީއެއްގެ މަޝްވަރާތަކަކަށް ޙައްލު ހަނިކުރެވިގެން ނުވާނެ އެވެ.

ސްރީލަންކާގައި މުސްލިމުންގެ އާބާދީ އަކީ މުޅި އާބާދީ ގެ އެންމެ 10 އިންސައްތަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.