ދިއިސްލާމް އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ހުށަހަޅުއްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ

އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ހުށަހަޅުއްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ހުށަހަޅުއްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރި ކުރައްވާ ދެއްވި ހިތާބެއްގައި  ރައީސް އައްބާސް ވިދާޅުވީ އދ އަށް ދަނީ ގާނޫނީ ހައްޤަކަށް އެދި ހުށަހަޅަން ކަމަށާއި ފަލަސްތީނަކީ އދ. ގައި ފުރިހަމަ މެންބަރަކަށް ހެދުމަށް ކަމަށެވެ.

އަންނަ ހުކުރު ދުވަހު އދ ގެ އާއްމު ބައްދަލުވަމަށް ވަޑައިގެން ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް ހުށަހަޅުއްވަން ތައްޔާރު ވަމުންދާ މި ދަޑިވަޅުގައި އެމެރިކާ އާއި އިޒްރާއިލުން ދަނީ އެކަމާ ދެކޮޅުހަދަމުންނެވެ. އަދި އެކަމާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމެރިކާ ބުނެފައިވާއިރު އިޒްރާއިލުން ބުނެފައިވަނީ އދ ގެ މެމްބަރުކަމަށް ފަލަސްތީނުން އެދޭ ހިސާބުން ފަލަސްތީނަށް އަދަބު ލިބެންފަށާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުގެ މި ބިރުދެއްކުންތަކަށް ބެލުމެއްނެތި ފަލަސްތީނުގެ ރައީސް އައްބާސް ދަނީ އޭނާގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

 އައްބާސް ގެ ހިތާބު އަޑުއަހަން ތިބި ގިނަ ބަޔަކު ވަނީ އައްބާސް އަށް ހިތްވަރު ދިނުމުގެ ގޮތުން އަތްތިލަބަޑި ޖަހާ، އޭނާ ކުރައްވާ މަސައްކަތައް ފަލަސްތީނުގެ ރައްޔިތުންގެ ތާއީދު އޮތްކަން ސާބިތުކޮށްދީފައެވެ.

އައްބާސް ވިދާޅުވީ އިޒްރާއީލާއެކު މަސްވަރާ ކުރެވިއްޖެ ކަމަށާއި އެކަމުން އެއްވެސް ކަމެއް ހާސިލް ނުވިކަމަށެވެ.

އދ ގެ މެމްބަރުކަމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އޮންނަ އދ ގެ އާއްމު ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް ވާހަކަފުޅު ދެއްކެވުމަށް ފަހުގައެވެ. މި ކަމަށް ތައްޔާރުވަމުން ދާއިރު އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 127 ގައުމަކުން ވަނީ 1967 ވަނަ އަހަރުގެ އިމުގެ ތެރޭގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.