ދިއިސްލާމް ތަންޒާނިޔާގައި ފެރީއެއް ބަންޑުންވެގެން 240 މީހުން މަރުވެއްޖެ

ތަންޒާނިޔާގައި ފެރީއެއް ބަންޑުންވެގެން 240 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މި ކާރިޘާގައި ސަލާމަތްވި މީހަކު ހޮސްޕޓަލަށް ގެންދަނީ

ތަންޒާނިޔާގެ ޒެންޒިބާރުގައި ފެރީއެއް ބަންޑުންވެ 240  މީހުން މަރުވެއްޖެއެވެ. އަދި 607 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އެޤައުމުގެ ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުން ހާމަކުރެއެވެ. މި ފެރީ ބަންޑުންވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ އަރުވަން ޖެހޭ ވަރަށް ވުރެން ގިނައިން މީހުން އެރުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެޤައުމުގެ ޕޮލީސް ކޮމިޝަނަރ މުސާ ޢަލީ މުސާގެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ. މިކަން ހިނގާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތުގައެވެ.

ކޮމިޝަނަރ މުސާ ޢަލީ ވިދާޅުވީ މިހާރުވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގައި ތިބި އެރަށް ނޫން މީހުންގެ އެވެސް މަޢުލޫމާތު ލިބިފައި ނުވާކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހުސް އެޤައުމުގެ މީހުން ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ އެތައް ހިތާމަވެރި ހާދިސާއެއް ހިނގާފައި ވާކަމަށެވެ.

މިދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ތަންޒާނިޔާގެ ރައީސް ކެނެޑާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުވަނީ ކެންސަލް ކުރައްވާފައެވެ. އަދި ހިތާމައިގެ 3 ދުވަސް އެޤައުމުގައި ފާހަގަ ކުރުމަށް ވެސް ނިންމާފައިވެއެވެ. އަދި އިތުރަށް ހާމަ ކުރި ގޮތުގައި މިފަދަ ހާދިސާތައް މެދުވެރި ވަނީ ދަތުރު ކުރާ މީހުން އެކަމަށް ރައްކާތެރިވާން ޖެހޭ މިންވަރަށް ރައްކާތެރި ނުވާތީ ކަމަށާއި މިފަހަރު މިފެތުނު ފެރީ އަކީ ގިނަ އަދެދެއްގެ މީހުންގެ އިތުރުން ދާރުއްސަލާމް އިން މުދާ ވެސް ބަރު ކޮށްގެން ފުރި ފެރީއެއް ކަމަށެވެ.

މިހެން މިކަން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ ރައްކާތެރި ކަމަށް ބޭނުންވާ ވަރުގެ ސަލާމަތީ އާލާތާއި ފެރީގައި ނެތުމުން ކަމަށް ވެސް ފުލުހުން ހާމަ ކުރެއެވެ. އަދި އެ ޤައުމުގެ ސަރުކާރުން އެދުމަކީ އިންޓަނޭޝަނަލް  ޤައުމުތަކުން އެޤައުމަށް އެކަމުގައި އެހީ ވެދިނުމާއި އެޤައުމުގެ ފެރީ ދުއްވާ ފަރާތްތަކަށް އިތުރަށް ސަލާމަތީ ކަންކަމުގެ ތަމްރީނާއި މަޢުލޫމާތު ހޯދޭނެ ގޮތްތަކަށް މަގު ފަހި ކޮށްދިނުމަށެވެ.

2008 އަހަރުގައި ވެސް ތަންޒާނިޔާގައި ވަނީ 800 ގިނަ މީހުން ގޮވައިގެން ފުރި ފެރީ އެއް ބަންޑުން ޖަހާލާ އެންމެން މަރުވެފައެވެ.

ޓެގް

ތަންޒާނިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.