ދިއިސްލާމް ސަޢުދީއަށް މިޞްރުން އެތެރެކުރާ ސްޓޯބަރީއާއި ބޮޑު މިރުހުގައި ގިނަ އަދެދެއްގެ ކޫޑިޔަށް ޖަހާބޭހުގެ އަސަރު ފެނުމުން ވަގުތީ ގޮތުން އެތެރެ ކުރުން ހުއްޓާލަނީ

ސަޢުދީއަށް މިޞްރުން އެތެރެކުރާ ސްޓޯބަރީއާއި ބޮޑު މިރުހުގައި ގިނަ އަދެދެއްގެ ކޫޑިޔަށް ޖަހާބޭހުގެ އަސަރު ފެނުމުން ވަގުތީ ގޮތުން އެތެރެ ކުރުން ހުއްޓާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢުދީ އަރަބިއްޔާއަށް މިޞްރުން އެތެރެކުރާ ސްޓޯބަރީއާއި ބޮޑު މިރުހުގައި ގިނަ އަދެދެއްގެ ކޫޑިޔަށް ޖަހާބޭހުގެ އަސަރު ފެނުމުން ވަގުތީ ގޮތުން އެތެރެ ކުރުން ހުއްޓާލަން ވިސްނަމުން ދާކަމުގައި އެޤައުމުން ބުނެފިއެވެ.

ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ހާމަ ކުރިގޮތުގައި މިގޮތަށް މިކަން ކުރުމަށް ނިންމީ ލެބޯޓަރީން ކުރި ތަޙްލީލް ތަކެއްގައި  ސްޓޯބަރީއާއި ބޮޑު މިރުހުގައި އެކެއުމުން އިންސާނުންނަށް ގެއްލުންވާ އަދަދަކަށް ކެމިކަލްގެ އަސަރު ފެނިފައި ވާތީއެވެ. މިޞްރުން ވަނީ ސަޢުދީން ކުރި ތަޙްލީލްގެ ނަތީޖާތަށް އެޤައުމަށް ފޮނުވުމަށް އެދިފައެވެ. މިޞްރުގެ އެގުރިކަލްޗަރ މިނިސްޓްރީގެ އިސްވެރިޔެއް ކަމުގައިވާ ޢަލީ ސުލަމާން ވިދާޅުވިގޮތުގައި މިޞްރުގެ ސަރުކާރުން ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރާ ކަމަށާއި އަދި އެއީ ކޮން ކުންފުންޏަކުން ސަޢުދީ އެތެރެ ކުރި މޭވާޔާ ތަރުކާރީއެއް އެކަން ބަލާނެކަމަށާއި އަދި ޤަވާއިދުން ފިޔަވަޅު އަޅާނެކަމަށް ވެސް ބުނިއެވެ. ނަމަވެސް އަދި ސަޢުދީން މިކަމުގެ އެވެސް ހެއްކެއް ހުށައަޅާފައި ނުވާކަމަށެވެ.

މިޞްރަކީ އެސަޙަރައްދުގެ ގިނަ ޤައުމުތަކަށް ސްޓޯބަރީއާއި ބޮޑު މިރުސް އަދި ބައެއް ބާވަތުގެ މޭވާއާއި ތަރުކާރީ ވެސް އެކްސްޕޯޓު ކުރާ އެއް ޤައުމެވެ. އާއްމުން ވަނީ މިކަމުގެ ސަބަބުން ތަރުކާރީ އާއި މޭވާގެ އަގަށް އައިސް ދާނެ ބަދަލަކަށްޓަކައި ބިރުންނެވެ. ތަޖުރިބާ ކާރުން ބުނާ ގޮތުގައި ސަޢުދީ މިކަން ކަށަވަރު ކޮށްދީފި ނަމަ އެއީ މިޞްރުގެ މާކެޓުގެ ވެއްޓުމަކަށް ވާނެ ކަމަށެވެ.

ޓެގް

ސްޓްރޯބެރީ ސައުދި އަރަބިއާ މިރުސް ކެމިކަލް މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.