އިނގިރޭސިވިލާތުގެ އެންމެފަހުގެ ދިރާސާތަކުން ހާމަވެފައިވާގޮތުގައި ކްރިސްޓިއަން ކެތަލިކް މަޒްހަބްގެ ފާދިރީން އެމީހުންގެ ފައްޅިތަކުގައި ޖިންސީގޮތުން ނަހަމަގުޅުންތައް ހިންގުން 1 އަހަރުތެރޭގައި ދެގުނަ އިތުރުވެފައިވާކަމަށެވެ. ނެޝެނަލް ކެތަލިކް ސޭފްގާރޑިން ކޮމިޝަންފޮރ އިންގެލޭންޑް އާއި ވޭލްސްއިން ހާމަކޮށްފައިވާ އަދަތުތަކަށް ބަލާއިރު 2010 ގައި 103 މީހަކަށް ޖިންސީގޮތުން ނަހަމަ ގޯނާކޮށްފައިވާއިރު 2009 ވަނައަހަރު 52 މީހަކަށް ކެތަލީކް ފާދިރީން ގުޅުން ހިންގާފައިވެއެވެ.
ފައްޅިތަކާއިބެހޭކޮމިޝަންގެ ޗެއާމަން ބަރޮނެސް ސޮކޮޓްލެންޑް ހާމަކުރިގޮތުގައި " ބައެއް ފާދިރީންނަކީ އެކަށީގެންވާވަރަށްވުރެ އެކަނިވެރިކޮށް ދިރިއުޅުން ބައްޓަންވެފައިވާމީހުން ކަމުގައިވާތީ ޖިންސީގޮތުންއެފަދަ ނުބައިޢަމަލުތަކަށް އަރައިގަނެވެނީއެވެ." އިނގިރޭސި ފައްޅިތަކުގެ ކުޑަކުދިންހިމާޔަތްކުރުމާއިބެހޭ ޗީފްވަނީ އިތުރުވަމުންދާ ރިޕޯޓްކުރުންތަކަށް މަރުހަބާ ކިޔާފައެވެ. މީގެއިތުރުން ކްރިސްޓިއަނުންގެއެންމެ މައި ފާދިރީ ޕޯޕް ބެންޑިކްޓް (16ވަނަ) ވަނީ މިދިޔައަހަރު ޖިންސީ ފާދިރީންގެ ފަރާތުން ޖިންސީހާނިއްކަ ލިބުނު ކުދިންނާއި ބައްދަލުކޮށްފައެވެ.
މިފަދަ ނުބައި ޖަރީމާތައް ހިންގަމުންދާއިރުވެސް އިސްލާމުންގެނަން ހަޑިކޮށް ބަދުނާމުކުރަމުންދާމީހުން މިފަދަވާހަކަތަކަކަށްވަނީ ބީރު ކަންފަތެއްދީފައެވެ. އަދި ކާފަރުންގެ ތެރޭގައި ޚާއްސަކޮށް ޔަހޫދީންނާއި ކްރިސްޓިއަނުންގެ މިފަދަ މުޑުދާރުޢަމަލުތައް ހާމަނުކުރާތީ ހަމައަޖާއިބުވެއެވެ.
އަސްލު: ރާއްޖެއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...