ސައިންސާއި ޓެކް ސޯޝަލް ނެޓްވޯކްތަކުގައި ހިންގާ ޖަރީމާތަކަށް ރާއްޖޭގައި އަޅާނުލަނީ ކީއްވެ؟

ސޯޝަލް ނެޓްވޯކްތަކުގައި ހިންގާ ޖަރީމާތަކަށް ރާއްޖޭގައި އަޅާނުލަނީ ކީއްވެ؟

ސޯޝަލް ނެޓްވޯކްތަކުގައި ހިންގާ ޖަރީމާތަކަށް ރާއްޖޭގައި އަޅާނުލަނީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހަފްތާގައި މީޑިއާ ގައި ވަރަށް ބާރަށް ދެކެވުނު ވާހަކައެކެވެ. އީރާންގެ ބަންދަރު އައްބާސް ސިޓީގެ އަބޫ އާތާޝް ޕާކްގައި މިދިޔަ މަހު ބޭއްވި ފެން ބަޑީގެ ޢީދެއްގައި ބައިވެރިވެ މަޖާނެގި 17 ޒުވާނަކު އީރާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބައެއް ކުދިން ޖޫރިމަނާކުރި ވާހަކައެވެ.

ފެންބަޑީގެ މިސަކަރާތް ޖަހާފައިވަނީ  އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިވެ ތެމި ފޯވެގެން ދެޖިންސުގެ ކުދިން ގައިގޯޅިވެ އިސްލާމީ ރިވެތި އުސޫލާއި ޚިލާފު ވާގޮތަށެވެ.

އީރާން ފުލުހުންގެ ބެލުމުގެ ދަށަށް އަންހެން ކުދިންނާއި ފިރިހެން ކުދިން ގެންދިޔައީ އެ ދުވަހު އެމީހުން ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް ނެޓްވޯކްތަކުގައި ޢާންމުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވުމުންނެވެ. އީރާން ފުލުހުން ވަނީ އެފަދަ އިތުރު ކަމެއް ނުކުރުމަށް އިންޒާރު ދީފައެވެ. އަދި މި ކަހަލަ އިވެންޓްތައް އިންތިޒާމްކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި މިފަދަ ކަމެއް ކުރުމުގެ ދެ ވަނަ ފުރުޞަތެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ބުނެފައިވެއެވެ.

މިކަން މިކުދިން ކޮއްފައިވަނީ އެސްއެމްއެސް މެސެޖުތަކާއި ފޭސްބުކް މެދުވެރިކޮށް ރާވައިގެންކަމަށް ޚަބަރު ލިބެއެވެ.

ހިތުތެރޭ އުފެދޭ ސުވާލަކީ ދިވެހި ރާއްޖެއަކީވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނޫންތޯއެވެ؟ ދިވެހިންވެސް ބަރަކާތްތެރި ދެ ޢީދުގައި މިކަހަލަ ސަކަރާތެއް އަންނަނީ ޒަމާނުއްސުރެ ޖަހަމުންނެވެ. ޘަޤާފީ ކަމެއްކަމަށް ބުނެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއީ ޢާންމުކަމެކެވެ. ޒުވާންފުރާގެ އަންހެން ކުދިންނާއި ފިރިހެން ކުދިން މިކަމުގައި ޝާމިލުވެއެވެ. ހަމަ އެފަދަ ގޮތަކަށެވެ. އެކިގޮތް ގޮތަށް ފޮޓޯވެސް ނަގައެވެ. ސޯޝަލް ނެޓްވޯކް ތަކުގައި ޢާންމުވެސް ކުރެއެވެ. ޔަގީނުންވެސް ފޭސްބުކްގައި "އީދުފެން ކުޅި" މިނަމުގައި އަލްބަމް ހަދާފައި ޙިއްޞާކޮއްފައި ހުންނަނީ މަދެއްކޮށެއް ނޫނެވެ.

ޢީދު ދެ ދުވަސް ނޫނަސް ފޭސްބުކާއި އެހެނިހެން ޒަރީޢާ އިން އެކި ދަތުރުތަކާއި، ބާބަކިއު ތައް ނޫނީ "ގެޓް ޓުގެދަރ" ގެނަމުގައި ނަމަވެސް ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން އެކުވެ ނިވާކަން ކުޑަ ގޮތްގޮތަށް ނަގާފައިވާ ފޮޓޯ ފޭސްބުކް ޕްރޮފައިލުން ނޫނީ ކޮންމެވެސް ޕޭޖަކުން، ގުރޫޕަކުން ނުފެނި ނުދާނެއެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނިކޮން ފުޓުބޯޅަ ކުޅުމާއި ކުލަހޭކުމާއި، ކިޔާނެކަމެއް ނެތެވެ. އިތުރަށް ފެނުނިއްޔާ ފެންނާނީ އިރުތު ފާހިޝް ޢަމަލުތަކެކެވެ.

އީރާން ނޫނަސް މިއީވެސް އިސްލާމީ ޤައުމެކެވެ. މިޤައުމުގައިވެސް ހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނާތީ އަޑުއަހަމެވެ. ހަޤީޤީ އިސްލާމީ ވެރިކަމެއް ހިންގާނަމަ މިފަދަ ކަންކަމަކީ ހުއްޓުވެން ޖޭހެނެ ޖަރީމާތަކެކެވެ. އެކި އެކި މީޑިއާތަކުން ހިންގާ ކަންކަންވެސް މެއެވެ. މިފަދަ މީހުން ފާޅުގައި އެނގެން އެބަހުއްޓެވެ. އީރާންގައި އެކަން ވެގެން ދިޔައީ ބޮޑު ކަމަކަށެވެ. އެހެނަސް ރާއްޖޭގައި މިފަދަ ކަންކަން ޢާންމުވެގެން ގޮސްފައިވާލެއް ބޮޑުކަމުން އެއީ މައްސަލައަކަށް އެކަކަށްވެސް ނުވެއެވެ. އެއީ އާދައިގެ ކަމެކެވެ. އީރާންގެ ރައްޔިތުންނަށް އެކަން ބޮޑުވީ ފަދައިން މިދިވެހި ޤައުމުގައިވެސް އެކަން ބޮޑުވާނެ ބަޔަކު އުޅޭނެއެވެ. އެމީހުންގެ ޝަކުވާ އަޑުއަހާ، އެއަށް އަމަލު ކުރާނީ ކޮންތަނަކުންކަން އެއީ ނޭނގޭ ބޮޑު ސުވާލެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.