ޔޫރަޕު އިނގިރޭސިވިލާތުގެ ރައްޔިތުން 'ރަތަށް'

އިނގިރޭސިވިލާތުގެ ރައްޔިތުން 'ރަތަށް'

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިނގިރޭސިވިލާތުގެ ބޮޑެތި ރަށްތަކުގައި ފުލުހުންނާއި އާންމުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ބޮޑުވެ އެތައް ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީޑިއާގެ ޚަބަރުތައް ބުނާގޮތުގައި "ލަންޑަން އާއި ބައެއް ބޮޑެތި ސަރަހައްދުތަކުގައި އިމާރާތްތަކުގައި ހުޅުޖެހުމުގެ އިތުރުން ފިހާރަތައް ލޫޓުވުން އިންތިހާއަށް ގޮސްފައެވެ. މީގެ އިތުރުން އާންމުންގެ ތަންތަނަށާއި ސަރުކާރުގެ އިމާރާތްތަކަށް ބައެއް މީހުންވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.

އިނގިރޭސިވިލާތުގެ އެކި ސަހަރުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ލަންޑަނުން އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ. އަދި ބައެއް ފުލުހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން 'ރަތަށް' އަރާފައިވަނީ ފުލުހުން ބަޑިޖަހާ ޒުވާނަކު މަރާލުމާއި ގުޅިގެންކަމަށް މީޑިއާތަކުން ޚަބަރުދެއެވެ. އަދި މޫނު ނިވާ ކޮށްގެން ތިބެ ހަމަނުޖެހުން ހިންގާ ޒުވާނުން ބުނަމުންދަނީ  އެމީހުންގެ ބޭނުމަކީ އެމީހުން ބޭނުންކަމެއް ބޭނުންގޮތަކަށް ކުރާނެކަން ޤައުމުގެ މުއްސަނދިންނަށާއި ފުލުހުންނަށް ހާމަކޮށްދިނުން ކަމުގައެވެ. އަދި ބައެއް މީޑިއާތަކުން ބުނާގޮތުގައި މިހަމަނުޖެހުމަކީ އިޖްތިމާއީ އަދާލަތު ގެއްލެމުން ދިޔުމުގެ ސަބަބުން ކުރިމަތިވެގެން ގުޅޭ ހަމަނުޖެހުމެއްކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިނގިރޭސި ވިލާތުގައި ކުރިއަށްދާ ހަމަނުޖެހުން ލަންޑަނުން ފެށިގެން ލިވަރޕޫލާއި ބަރމިންގހަމް ފަދަ ބޮޑެތި ސިޓީތަކަށްވަނީ ފެތުރިފައެވެ. މިހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިގިރޭސި ސިފައިން 16000 ސިފައިން މަގުތަކަށް ނެރެފައިވާއިރު ހަމަނުޖެހުން ކުރިއަށް ދާތާ 4 ދުވަސް ވަނީއެވެ.

ޓެގް

އިނގިރޭސި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.