އިޓަލީގެ ޕާލިމެންޓަރީ ކޮމިޝަނުން އާއްމު ތަންތަނުގައި މޫނު ބުރުގައި އަޅައިގެން ނޫޅެވޭގޮތަށް ހުށެއެޅި ގާނޫނު އަންގާރަ ދުވަހު ބަަލައިގެންފިއެވެ.
މި ޤާނޫނު މިގޮތަށް ފާސްވެއްޖެނަމަ އިޓަލީ ވަނީ ޔޫރަޕުން މޫނު ބުރުގައި އަޅައިގެން އާއްމު ތަންތަނުގައި އުޅުން މަނާ ކުރާ ތިން ވަނަ ގައުމަށެވެ. ފަރަންސޭސިވިލާތް އާއި ބެލްޖިއަމް ގައި އާއްމު ތަންތަނުގައި މޫނު ބުރުގައި އަޅައިގެން އުޅުން މަނާކޮށްފައެވެ.
މި ޤާނޫނު ހުށައަޅައިފައިވަނީ ކޮންޒަވޭޓިވް ޕީޕަލް ޕާޓީގެ ސައުދު (Souad Sbai ) އެވެ. މި ހައްދުފަހަނައަޅަފައިވާ ސަައުދު ބައެއް ރިޕޯޓްތަކާއި ހަވާލާދީ ބުނެފައިވާގޮތުން 3000 އަންހެނުން އިޓަލީގައި މޫނު ބުރުގާ އަޅައިގެން އުޅެއެވެ.
މި ޤާނޫނު ފާސްވެއްޖެނަމަ އާއްމު ތަންތަނުގައި މޫނު ބުރުގައި އަޅައިގެން އުޅެން މަޖްބޫރުކުރާ ކޮންމެ މީހަކު އަތުން 30000 ޔޫރޯގެ ޖޫރިމަނާއެއް ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 12 މަސްދުވަހު އެމީހަކު ޖަލުގައި އޮންނަން ޖެހޭނެއެވެ.
މަތިވެރިވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމަށް މިފަދަ މީހުން ދަނީ އެކި ގޮތްގޮތުން އުނދަގޫތައް ކުރަމުންނެވެ.
މިއަދު މޫނު ބުރުގާ މަނާކުރީއެވެ. މާދަމާ އާދައިގެ ބުރުގާ މަނާކުރާނެއެވެ. އަނެއް ދުވަހު ސްކާފު އެޅުން މަނާކުރާނެއެވެ. އެންމެ ފަހުން މިނީ ސްކާޓު މަނާކުރާނެއެވެ. އަންހެނުންގެ ހައްޤުތައް ހޯދައިދިނުމުގެ ނަމުގައި މަޑުމަޑުން އަންހެންވެރިން އޮރިޔާން ކުރާތަން މިދަނީ ފެންނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...