ރިޕޯޓް ކުޑަކުދިން ކާމަސް އަންނަނީ!

ކުޑަކުދިން ކާމަސް އަންނަނީ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިންނަކީ ރޯދަ މަހަށް ހާއްސަ ތައްޔާރީ ތަކެއް ވަމުން އަންނަ ބައެކެވެ. އެގޮތުން އަންބެލަން ހެދުމާއި، މާހެފުމާއި، ހަނދު ބެލުމަކީ ހާއްސަ ގޮތެއްގައި ކުރަމުންއައި ކަންތަކެވެ. މިހިރަ މިހިރަ ކަންތަކަކީ ވަރަށް ފަހަކާއި ޖެހެންދެންވެސް ދިރުވަމުން އައި ކަންތަކެވެ. މިކަންތަށް ކުރަމުންއައީ ވަރަށް ފޯރިއާއި އެކުގައެވެ. ސަގާފީ ކަމެއްގެ ގޮތުގައި ކުރަމުން އައި މިފަދަ ކަންކަން ތަރައްޤީގެ ބާނިތަކާއި އެކު އޮޔާ ހިނގައްޖެއެވެ.

އަހަރުމެން ކުޑައިރުގައި މާމަމެން ބުނެއުޅުއެވެ. ''މިހާރު ކުޑަކުދިން ކާމަސް އޮތީ ކައްޓަލަ ފުށީ ފަޅު ތެރޭގައި. މާދަމާ މިރަށު ކަނޑިންމާ ނެރަށް ވަންނާނެއެ.'' ކުޑައިރުގައި ކުޑަކުދިން ކާމަސް ދެކެ ބިރުގަންނަނީ އިންތިހާއަށެވެ. އެހެންނަމަވެސް ފަހުން ބިރު ކެނޑެން ފެށިއެވެ. އެއީ ދުވަހަކުވެސް އެކިޔާ ކުޑަކުދިން ކާ މަހެއް އަރައިގެން ކުއްޖަކު ކާލި ވާހަކަ ނުދައްކާތީއާއި އެވަރަށް އަންނައިރުވެސް ފެނިފައި ނުވާތީއެވެ. އެކަމުގެ ހަޤީގަތް އެނގުނީ އަދިމާ ފަހުންނެވެ.

ރޯދަމަސް ކައިރިވެއްޖެ ކަމުގެ އަލާމާތް ތަކެއްގެ ގޮތުން ކުޑަކުދިން އުޅޭ ކޮންމެ ގެއެއްގައިވެސް 'އަންބެލުން' ހެދުން އޮންނަނީ ވަރަށް ފޯރި ހިފާ ކަމަކަށް ވެފައެވެ. ކަށިކެޔޮ އަޅޯ ކަނޑައިގެން ގެނެސް ހަތަރެސް ކަނެއް ހެން ހެދުމަށް ފަހު ގޮނޑުދޮށުން ކަށިވެލި ގެނައުމަށްފަހު ކަށިވެލިލާ ޒީނަތްތެރި ކުރެއެވެ. އަދި އަންބެލަން މަތީގައި ބޮޑު ވެލި ފުންޏެއް ހަދާ އެކިކަހަލަ މާޖަހާ ޖަރީކުރެއެވެ. އެއީ ހަނދު ފެނުމުންއައިސް ފުންމާލުމަށެވެ. އަދި ރޯދަ މަހުގައި ފޫހި ފިލުވާލާ ފަސް އޮށް ބައިފަދަ ކުޅިވަރުތަށް ކުޅޭ ހާއްސަ ތަނަކީ އަންބެލަމެވެ.

ރޯދައަށް ގޭތެރެ ސާފުކޮށް ހެދުމަކީ ކޮންމެހެން ރޯދަމަސްއަންނަ އިރު ކުރަންޖެހޭކަމެކެވެ. މުޅި ގޯތި ތެރެއާއި ބަދިގެއާއި ގެންގުޅޭ ހުރިހާ އާލާތްތަށް ދޮވެ ސާފު ކުރެއެވެ. ރޯދަމަހަކީ އެހެން މަސް ތަކާއި ހިލާފަށް ބަދިގެ ތެރެއަށް ހަލަބޮލިކަމެށް ގެނުވާ މަހަކަށް ވާތީއެވެ. ރޯދަވީއްލުމުގައި މުޅި އާއިލާ އެއް މޭޒެއްގެ ދަށުން އެއްގަޑިތަކެއްގައި މީރު ކާނާއާއި އެކު ބައްދަލު ވެގެން ދެއެވެ. ރަމަޟާން މަހުގެ ތަޙްނިޔާ އެންމެހާ އަހުންނާއި އުހުތުންނަށް އަރިސްކުރަމެވެ.

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.