ދުނިޔެ މިސްރުގެ ކުރީގެ ރައީސް ކޯމާގައި.

މިސްރުގެ ކުރީގެ ރައީސް ކޯމާގައި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސިއްހީ ޙާލު  ވަރަށް ބޮޑަށް ގޯސްވެ ކޯމާއަށް ލައިފިކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

ހުސްނީ މުބާރަކް އަށް ސްޓްރޯކެއް ޖެހި ކޯމާއެއްގައި ވާކަަމަށް މުބާރަކްގެ ޤާނޫނީ ވަކީލު ވަނީ ހާމަކޮށްފައެވެ

ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ހުސްނީ މުބާރަކް އޮންނެވީ ހޭ އެއްކޮށްނެތިފައެވެ. މީގެ އިތުރުން މުބާރަކްގެ ހޭ އެރުވުމަށްޓަކައި ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. .

މި ހަބުރު މިގޮތަށް ފެތުރިފައި ވިޔަސް މުބާރަކް އެނދުމަތި ކޮށްފައިވާ ޝާރްމުއްޝައިޚްގެ އިންޓަރ ނޭޝަނަލް ހޮސްޕިޓަލުން ވަނީ މުބާރަކްގެ ހާލު ކުރި އެކޭ ވެސް އެއްގޮތްކަމަށް ހާމަކޮށްފައެވެ.

30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ވެރިކަން މިސްރުގެ ރައްޔިތުން ނުކުމެ ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ

ޓެގް

ކޯމާ ހޮސްޕިޓަލް ހުސްނީ މުބާރަކް ހާލު ދެރަ މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.