ޓައިވާނަށް 6.9 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ޓައިވާނުގެ އިރުދެކުނު އައްސޭރިއަށް އައި މިބިންހެލުން އައިސްފައިވަނީ މިއަދު އެތާގެ ގަޑީން 10.59 ގައިކަމަށް ހަބަރު ލިބެއެވެ. ހަބަރު ލިބިފައިވާ ގޮތުގައި 20 ސިކުންތަށް އައި މިބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުންވެފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް އިމާރާތަކަށް ގެއްލުން ލިބިފައިވާކަމެއްވެސް އެނގިފައެއްނުވެއެވެ.
1999 ވަނަ އަހަރު ޓައިވާންއަށް އައި ބާރުގަދަ ބިންހެލުމެއްގައި 2300 މީހުން މަރުވެފައިވެއެވެ. އެފަހަރު އައިސްފައިވަނީ 7.6 ގެ ބާރު މިނުގައި އައި ބިންހެލުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...