ދުނިޔެ ސައުދީގެ ވަލީ އަޙުދު ސުލްޠާން ބިން ޢަބްދުލް އަޒީޒް ކޯމާގައި.

ސައުދީގެ ވަލީ އަޙުދު ސުލްޠާން ބިން ޢަބްދުލް އަޒީޒް ކޯމާގައި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ސައުދީގެ ވަލީ އަޙުދު ސުލްޠާން ބިން ޢަބްދުލް އަޒީޒް މިހާރު އޮންނެވީ ކޯމާގައެވެ. ސުލްޠާން ބިން ޢަބްދުލް އަޒީޒް ކޯމާއަށް ލައިފައިވަނީ ކެންސަރަށް ކުރި ސާރޖަރީއަކަށް ފަހުގައެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ސުލްޠާން ބިން ޢަބްދުލް އަޒީޒުގެ ސިއްޙީ ހާލުކޮޅަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އަދި  ބިން ޢަބްދުލް އަޒީޒުގެ ހޭފުޅުނެތްކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

ސައުދީގެ ވަލީ އަޙުދު ސުލްޠާން ބިން ޢަބްދުލް އަޒީޒަކީ ދިފާއި ވުޒާރާގެ މިނިސްޓަރުކަން އެތަށް އަހުރުތަކެއް ވަންދެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން  2009 ވަނަ އަހަރުގެ ގިނަ ދުވަސްތައް އެމަނިކުފާނު ހޭދަ ކޮށްފައިވަނީ ހޮސްޕިޓަލްތަކުގައެވެ.

މީގެއިތުރުން 2010ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި ސައުދީ ރަސްގެފާނު  ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒުގެ ސިއްޙީ ހާލުކޮޅު ދައްވުމުގެ ސަބަބުން ވަނީ އެެމެރިކާއިން ފަރުވާ ހޯދައިފައެވެ.އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ދައްވީ މައިބަދައިގެ ބަދައެއް ކައްސާލާފައިވުމުގެ ސަބަބުންނާއި ލޭކޮޅެއް ގަނޑުވެފައި ވުމުގެ ސަބަބުންނެވެ.

މިވަގުތު ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުގެ އެންމެ އިސް ދެ ބޭފުޅުން ވަނީ އުމުރުފުޅުން 80 އަހަރަށް ވުރެ މަތީގައެވެ. ވުމާއެކު، ކައިރި މުސްތަޤްބަލެއްގައި ޤައުމުގެ ކަންކަން ހިންގެވުމަށްޓަކައި ސައުދީގެ އިންޓީރިއަރ ވުޒާރާގެ ވަޒީރު އަލް އަމީރު ނާއިފް (76) އިސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޓެގް

ސުލްޠާން ބިން ޢަބްދުލް އަޒީޒް ވަލީ އަޙުދު ކެންސަރ ހޮސްޕިތަލް ހާލު ދެރަ ސައުދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.