އޭޝިއާ ޗައިނާއަށް އައި ބާރުގަދަ ބިންހެލުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ...

ޗައިނާއަށް އައި ބާރުގަދަ ބިންހެލުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޗައިނާއަށް އައި ބާރުގަދަ ބިންހެލުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެ، މަރުވެފައިވާ އިތުރު މީހުން ފެންނަމުންދާކަމަށް ޗައިނާގެ ނޫސްތަކުން ހަބަރުދެއެވެ.

6.9 ގެ ބާރުމިނުގައި މިމަހު 14 ގައި އައި ބިންހެލުމުގައި ޗައިނާއަށް ވަނީ ގިނަގުނަ ގެއްލުންތައް ލިބިފައެވެ. އޭގެތެރޭގައި 12135 މީހުންނަށް ބޮޑެތި ޒަހަމްތައް ލިބި، 216 މީހުން އަދިވެސް ގެއްލިގެން ހޯދަމުންދާކަމަށް ޗައިނާގެ ސަރުކާރާއި ހަވާލާދީ ނޫސްތަކުން ހަބަރުދެއެވެ.

ޗައިނާގެ އޮފިޝަލުން ހާމަކުރާގޮތުގައި ބިންހެލުން އައި ސަރަހައްދުގައި 'ގޮތް ހުސްވެފައި' ތިބި އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމަށާއި އެމީހުން ލައިގެން ތިބި ހެދުން ފިޔަވާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ބިންހެލުން އައިތާ ހަފްތާއެއް ވެގެންދާއިރު އަދިވެސް ޗައިނާގެ އެތެރޭގައިވަނީ 'ބިރުވެރިކަން' އާންމުވެފައެވެ. ބިންހެލުމުގައި ގެދޮރު ބިމާއި ހަމަވެފައިވުމުން މާޔޫސްވެފައިވާ މީހުން ތިބީ ދިރިއުޅުން 'ސުމަކުން' ފަށާނެ ގޮތަކާއި މެދު ވިސްނާވިސްނާ ބޯހާސްވެފައެވެ. މިދިޔަ ބުދަ ދުވަހާއި ހަމައަށް ގިނަ މީހުން ނިދާފައިވަނީ ހިޔާވަހިކަމެއްނެތި ހުސްބިންތަކުގައި ހާމަ ތަންތަނުގައެވެ.

ޗައިނާގެ ބިންހެލުމަށް ހަފްތާއެއް ވާން ކައިރިވެފައިވާއިރު ދަށުވެފައިވާ އިމާރާތެއްގެ ދަށުން 68 އަހަރުގެ މީހަކާއި 4 އަހަރުގެ ކުއްޖަކުވަނީ ދިރިހުއްޓާ ސަލާމަތްކޮށްފައެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.