ޔޫރަޕު އައިސްލޭންޑްގައި އަލިފާން ފަރުބަދައެއް ގޮވައިފި

އައިސްލޭންޑްގައި އަލިފާން ފަރުބަދައެއް ގޮވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިސްލޭންޑްގައި އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

އައިސްލޭންޑްގައި ގޮވާފައިވާ އަލިފާން ފަރުބަދައިގެ ސަބަބުން 700 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ހަބަރުދެއެވެ. އަލިފާން ފަރުބަދަ ގޮވާ އޭގެ ދުންތަކުގެ ސަބަބުން އެސަރަހައްދު ވަނީ ތަޢައްޔަރުވެފައެވެ. އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވިނަމަވެސް އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ނުސީދާގޮތުން ޔޫރަޕްގެ ސަރައްހަދުތަކަށް ވަނީ ކޮށްފައެވެ.

އަލިފާން ފަރުބަދައިން ބޭރުވެފައިވާ އޮލަދުންތަކުގެ ސަބަބުން 17 ހާސް ފްލައިޓް ކެންސަލްކޮށް 20 އެއާރޕޯޓް އާދީއްތަ އަދި ހޯމަ ދުވަހާއި ހަމައަށްވަނީ ބަންދުކޮށްފައެވެ. އަދި ދަތުރުފަތުރު ކުރާ އެތައް ހާސް ބަޔަކު އެއާރފޯޓްތަކުގައި ދަތުރު ނުކުރެވި ތާށި ވެފައިވާކަމަށް މީޑިއާތަކުން ހާމަކުރެއެވެ. އަދި ޔޫރަޕުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ 4 ފްލައިޓްވެސް ވަނީ ކެންސަލްވެފައެވެ.

އެންމެ ފަހު މިފަރުބަދަ ގޮވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެންމެ ފަހުން ފަރުބަދަގޮވީ 2004 ވަނަ އަހަރުގެ ތެރޭގައެވެ.

ޓެގް

ހާދިސާ ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.