އަހަރެންނަކަށް ދަހެއްނުވެއެވެ. ކިތައްމެ ވަރަކަށް ކިޔަސް އަހަރެންނަކަށް ހަމަ ނޭނގެއެވެ. ބައެއް ފަހަރު މި ޝަކުވާ ތަކުރާރު ކަމާއެކު ދަރިވަރުން އެކުދިންގެ މައިންބަފައިންނަށް ކުރެއެވެ. ބައެއް ކުދިން މާޔޫސް ކަމާއެކުގައެވެ. ދެރަވާ ހާލުގައެވެ.
ނަމަވެސް މާތް އިސްލާމީ ތާރީޚް އަޅުގަނޑުމެންނަށް މިކަމުގެ ޙައްލު ބަޔާންކުރައްވައެވެ. އިމާމް ޝާފީގެފާނު ( އެކަލޭގެފާނަށް މާތްﷲ ރަޙުމަތް ލައްވާށި) އެއްދުވަހު ދެއްނެވިއެވެ.
" ތިމަން ކަލޭގެފާނަށް ފަސޭހައިން އެއްޗެހި ހަނދާނުގައި ނުހުންނާތީ ނުވަތަ ފަސޭހައިން ދަސްނުވާތީ ތިމަން ކަލޭގެފާނުގެ އުސްތާޛާ އެކަމާ ޝަކުވާކުރީމެވެ. އުސްތާޛް ތިމަންކަލޭގެފާނު ފާފަތަކާ ދޫކޮށްލުމަށް (ދުރުވުމަށް) ނަސޭޙަތްދެއްވިއެވެ. އަދި އުސްތާޛް ވިދާޅުވިއެވެ. އިލްމަކީ ނޫރެކެވެ. އަދި ﷲއަށް އުރެދޭ (ފާފަކުރާ) އަޅަކަށް މި ނޫރެއް އެކަލާނގެ ނުދެއްވާނެއެވެ."
އާދެ، ޝައްކެތްނެއްގޮތުގައި އިލްމަކީ ނޫރެކެވެ. މި ނޫރު ހޯދަން ބޭނުންނަމަ ފާފަތަކުން ދުރެވެގަންނާށެވެ. އޭރުން ތިކުރާ ޝަކުވާތަކަށް ހަމަޔަޤީނުންވެސް ހައްލު ލިބޭނެއެވެ. އަދި ގިނަގިނައިންﷲގެ ޙަޞްރަތުގައި އިލްމު ދެއްވުން އެދި ދުޢާ ކުރާށެވެ. ދުޢާ ކުރުމަކީ މުއިމިނުންގެ ހަތިޔާރެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...