ޓެކްނޮލޮޖީގެ މައި ކުންފުންޔެއް ކަމަށްވާ ސިސްކޯއިން ހާމކުރި ގޮތުގައި އަހަރުން އަހަރަށް އިންޓަރނެޓް ބޭނުން ކުރާ އަލާތަތަށް އަންނަނީ ވަރަށް ބާރު ދުވެލީގައި އިތުރު ވަމުންނެވެ. އެގޮތުން ޓެބްލެޓްސް، މޮބައިލްފޯން، އެހެނިހެން ބޭނުން ތަކަށް އިންޓރނެޓްއާއި ގުޅިފައިހުންނަ ސްމާރޓް މެޝިންތަށް ހިމެނެއެވެ. 2015 ވަނަ އަހަރު 15 ބިލިޔަނަށް އެއަދަދު އަރާނެކަމަށް ލަފާކުރެވޭކަމަށް ސިސްކޯއިން ހާމަ ކުރިއެވެ. އެއީ ދުނިޔޭގެ އާބާދީގެ ދެގުނައެވެ. އެންމެބޮޑު މައްސަލައަކީ މިކޮންމެ އާލާތަކަށް ވެސް އައިޕީއެއް ބޭނުންވާއިރު އައިފީވީ4 ގައި ސްޓޮކް ނެތުމެވެ. ކޮންމެ އާލާތަކަށް ޑޭޓާ ފޮނުވާ ލިބިގަތުމަށް އެޑްރެސް އެއްބޭނުން ވެއެވެ. އައިފީވީ4 އުފައްދާފައިވަނީ 1977 ގައެވެ. އެއިރު ހީވެފައި އޮތީ 4.3 ބިލިޔަން އެޑްރެސް ގިނަވާނެ ކަމަށެވެ. އެހެންނަމަވެސް ޒަމާން ތަރައްގީވެ މޮބައިލްފޯން ތަކާއި ލެޕްޓޮޕް އަދި އިންޓަނެޓް ބޭނުންވާ އާލަތްތަށް ގިނަވުމުގެ ސަބަބުން އައިފީވީ4 ބޭނުން ކުރެވޭނީ މިއަހަރުގެ އޮގަސްޓްއާއި ހަމައަށެވެ. އެއިރަށް އައިފީވީ4 ގެ ޖާގަ ހުސްވާނެއެވެ.
އައިފީވީ4 ގެ ފަހުގެ އެޑްރެސް ސްޓޭންޑަރ އަކީ 1998 ވަނައަހަރު އުފެއްދި އައިފީވީ6 އެވެ. އަލަށް އަންނަ އާލާތްތަށް އޮންލައިން ކުރަންބޭނުން ވާނަމަ މިއަދު މިވަނީ އައިފީވީ6 އަށް ހިޖުރަ ކުރަންޖެހިފައެވެ.
ދުނިޔޭގެ އައިޕީވީ6 ދުވަސްކަމަށް ކަނޑައަޅާފައިވަނީ 8 ޖޫން 2011 އެވެ. މިހަރަކާތް ހިންގަނީ އިންޓަރނެޓް ސޮސައިޓީއިންނެވެ. މާދަމާ އިންޓަރނެޓް ބޭނުން ކުރާފަރާތްތަކަށްއަދި މޮބައިލް ފޯނުތަކަށްވެސް ހިދުމަތް ލިބުމުގައި މަ މައްސަލަތަކެއްދިމާވެދާނެ ކަމަށް ބެލެވެއެވެ. ގޫގުލް، ފޭސްބުކް، ޔަހޫ، އަދި ލިމިޓެޑްނެޓްވޯރކް ތަކަށް އަދި ބަޔެއް ބޮޑެތި އޮރގަނައިޒޭޝަންތަކުން ދަނީ ޖޫން 8 ވަނަދުވަހު ޓެސްޓް ފްލައިޓްތަކެއް ހަދާނެކަމަށް އަންގާފައެވެ. އައިފީވީ6 ގެ މައި ވެބްސައިޓް 24 ގަޑިއިރަށް އެނޭބަލްކޮށް ޓެސްޓްތަކެއްހަދާނެއެވެ. އިންޓަރނެޓް ހިދުމަތްދޭ ފަރާތްތަކުންނާއި، ހާރޑްވެއަރ ހަދާފަރާތްތަކުންނާއި އޮޕަރޭޓިން ސިސްޓަމް ހަދާފަރާތްތަކުންނާއި ވެބްކޮންޕެނީތަކުން މާދަމާ އައިޕީވީ6 އަށް ބަދަލުވުމަށްޓަކައި ގިނަމަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން އައިފީވީ6 އަށް ބަދަލުވާއިރު ކާމިޔާބުކަމާއިއެކު އައިފީވީ4 އެޑްރެސް ސްޕޭސް ގައި މަސައްކަތް ކުރޭތޯބެލުން ހިމެނެއެވެ.
ދުނިޔޭގެ އައިފީވީ6 ދުވަސްފާހަގަ ކުރުމުގެ ބޭނުމަކީ ކޮބާ؟
މިހާރު ބޭނުން ކުރަމުން މިދާ އެޑްރެސް ސްޕޭސް އައިފީވީ4 މިއަހަރު ހުސްވާނެއެވެ. ގިނަދުވަހަށް ބޭނުންކުރެވޭ މިމައްސަލައަށް ހައްލެއްގެނެވެން އޮތީ އައިފީވީ6 އަށް ބަދަލުވެގެން ނެވެ. އެއިރަށް 4 ބިލިޔަންގުނަ އިތުރު ސްޕޭސް ލިބޭނެއެވެ. މިހާރުވެސް އައިފީވީ6 ބޮޑެތި ނެޓްވޯރކް ތަކުގައި ބޭނުން ކުރަމުން ދެއެވެ. އެހެންނަމަވެސް ދުނިޔޭގެ ފެންވަރުގައި އަދި ހިދުމަތް ފައްޓާފައެއެއްނުވެއެވެ. އައިފީވީ6 ދުވަހުގެ ސަބަބުން ހުރިހާ އިންޑަސްޓްރީއެއް އެކުވެގެން މިއާ ޕްރޮޓޮކޯލްއަށް ބަދަލުވުމަށް އެއްވަގުތެއްގައި ޓެސްޓްތަށް ހެދުމެވެ. ބޮޑެތި ވެބްސައިޓްއާއިބެހޭ ކުންފުނިތަކުން ތަކުން އެމީހުންގެ މައި ވެބްސައިޓްގައި އައިފީވީ6 އެނޭބަލްކުރާނެއެވެ. މިކަމުން މިބަދަލަށް ތައްޔާރުވެފައިވާކަން މިދުވަހުގެ ސަބަބުން އެނގިގެންދާނެއެވެ.
ދުނިޔޭގެ އައިފީވީ6 ދުވަހުގެ ސަބަބުން އިންޓަރނެޓް ކެނޑޭނެތަ؟
އިންޓަރނެޓް ބޭނުން ކުރާ ގިނަ ފަރާތްތަކަށް އަސަރެއް ނުކުރާނެއެވެ. ވެބް ސާރވިސަސް، އިންޓަރނެޓް ހިދުމަތްދޭ ފަރާތަކުންނާއި ،އަދި އޯއެސް ހަދާފަރާތަކުން އެމީހުން ތިބީމިކަމަށް ވަރަށްބޮޑަށް ހޭލާ ތައްޔާރުވެގެންނެވެ. އެމީހުންގެ ސިސްޓަމްތަށް އަޕްޑޭޓް ކުރަމުން ދާނެކަމަށާއި އިންޓަރނެޓް ބޭނުން ކުރާފަރާތްތަކަށް ހިދުމަތް މެދުކެނޑިވޭތޯ ވަރަށް މަސައްކަތްކުރާނެކަމަށް ވެއެވެ. އެހެންނަމަވެސް މަދުފަހަރަކު ބައެއްވެބްސައިޓްތަކަށް އަދި ހިދުމަތްތަށް ލިބުމުގައި އުނދަގުލާ ކުރިމަތި ލާންޖެހިދާނެކަމަށް ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...