ސައިންސާއި ޓެކް ދުވާލަކު 20 ހާސް ކުޑަކުދިން ފޭސްބުކްއިން ބޭރުކުރޭ

ދުވާލަކު 20 ހާސް ކުޑަކުދިން ފޭސްބުކްއިން ބޭރުކުރޭ

ދުވާލަކު 20 ހާސް ކުޑަކުދިން ފޭސްބުކްއިން ބޭރުކުރޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

500 މިލިޔަން ފޭސްބުކް އާބާދީގެ ތެރެއިން 7.5 މިލިޔަން ޔޫސާރއަކީ ކުޑަކުދިންކަމަށް ކުރި ދިރާސާއަކުން ދައްކައިފިއެވެ. އޭގެ ތެރެއިން 5 މިލިޔަން ކުދިން ނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ. އަދި މިކުދިން ފޭސްބުކްގައި ހޭދަކުރާ ވަގުތު ވަރަށްގިނަކަމަށާއި މިކުންދިން ފޭސްބުކްއިން ކުރާކަންތަށް ގިނަ ބެލެނިވެރިން ނުބަލާކަމަށް މިރިޕޯރޓް ބުނެއެވެ. ފޭސްބުކްއިން ކުޑަކުއްޖެއްކަމަށް ބަލާ އުމުރަކީ 13 އަހަރުން ދަށެވެ. ދުވާލަކަށް 20 ހާސް ކުޑަކުދިން ބްލޮކް ކުރާކަމަށް ފޭސްބުކްއިން ވަނީ މިރިޕޯރޓް އާއިގުޅިގެން ހާމަކޮއްފައެވެ.

ކުޑަކުދިން ފޭސްބުކް ބޭނުންކުރުމަށް ފޭސްބުކްއިންދަނީ ފާޅުގައި ދެކޮޅުހަދަމުންދާއިރު ދުވާލަކު 20 ހާސް ކުޑަކުދިން ފޭސްބުކްއިން ބޭރުކުރުމުން އެކުދިން މަކަރު ހަދައިގެން ފޭސްބުކް ބޭނުން ކުރާކަމަށްވެސް ފޭސްބުކްއިން ވަނީހާމަކޮއްފައެވެ. އޮޅުވާލައިގެން ނުބައި އުފަންދުވަހެއް ޖަހައިގެން އަލުން އާ އެކައުންޓް ހަދައިގެން އަލުން ފޭސްބުކްއަށް ވަންނަނީއެވެ. 18 ނުވަތަ 16 އަހަރުގެ އުމުރު ފުރާޖަހައިގެންވެސް ވަރަށް ގިނަކުދިން އެބައުޅޭކަމަށާއި އެކުދިން މިދަނީ ހޯދާއަލުން ބޭރުކުރަމުން ކަމަށް ފޭސްބުކްއިން ވަނީ ހާމަކޮއްފައެވެ. އެކުދިން ހޯދަނީ ވަރަށް ގިނަދުވަހު ފާރަލައިގެންނެވެ. އެއީ އެކުދިން ޓެގް ކޮއްފައިވާ ފޮޓޯބަލައިގެންނާއި ބަސްމަގާއި އެހެނިހެން ގޮތްގޮތުންނެވެ.

ފޭސްބުކްގެ ހިޔާލީ ދުނިޔޭގައި ޓައީއަޅާ ބޮޑެތި ގޮނޑީގައި ތިބޭ ބޮޑެތި މީހުންނަށްވެސް މިވަނީ ލަދުގަންނަންޖެހިފައެވެ. ގޮތްނޭންގޭ މީހުންތަށް އުޅޭ ތަނަކަށް ތިމާގެ ދަރިފުޅު އެކަނިމާއެކަނި ދޫކޮއްލަންބޭނުމެއް ނުވާނެއެވެ. ފޭސްބުކްއަކީވެސް ހަމަ އެފަދަ މުޖްތަމައުއެކެވެ. އެކި ހިޔާލުގެ އެކިފިކުރުގެ، އެކިފާޑުގެމީހުން، އެކިއުމުރު ފުރާތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ، އެކިކަހަލަ ހިޔާލީގޭމް، ސިޔާސީ، ކިޔާނެކަމެއްނެތް 13 އަހަރުގެ ކުޑަކުއްޖެއްގެ ސިކުނޑީއަށް ހަޖަމް ނުކުރެވޭ އެތައްކަމެއް ހިންގާ މާހައުލަކަށް ކުޑަކުޑަ ތުއްތު ކުދިން އެކަނިމާއެކަނި ދޫކޮއްނުލައްވާށެވެ.  ނޫކަށީ ފުރައިގެ ޒުވާނުންނަށްވެސް މިއުޅެނީ އެކިފާޑުގެ ވައިރަސްތަކުން ސަލާމަތް ނުވެވިގެންނެވެ. ފޭސްބުކްވެސް މިއަދުމިވަނި ވައިރަސްތަކުގެ މައި ހާއްޔަކަށް ވެފައެވެ. އެކިކަހަލަ ފޭކް ލިންކްތަށް ދަނީ އެކިގޮތްގޮތުން އެކިނަން ނަމުގައި ފަތުރަމުންނެވެ. މިފަދަ ކަންކަމަށް ކުޑަކުދިން އަދި އާވާނެއެވެ. ފޭސްބުކް އެކަންޔެއްނޫނެވެ. ސޯސިއަލް ނެޓްވޯރ އަދި ގޮތްނޭންގޭ އެއްވެސް ވެބްސައިޓްއަކަށް ދޫކޮއްނުލާށެވެ. އެކުދިންނަށް ހީނުކުރާކަހަލަ ބަދަލުތަށް އަންނާނެއެވެ. ކުޑަކުދިންނަށް ހާޢްސަ ސޯސިއަލްނެޓްވޯރކްތަކާއި ވެބްސައިޓްތަށް ބައިވަރެވެ.

ތިމާގެ ދައިފުޅު ފޭސްބުކް ބޭނުން ކުރާނަމަ ނުވަތަ އިންޓަރނެޓް ބޭނުންކުރާނަމަ ކުރާނުކުރާ ކަމެއް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުދިންނާއި ބަދުއަހްލާގީ އަމަލުހިންގުމާއި ސައިބަރ ކްރިމިނަލްގެ ކަންކަން އާންމުވެފައިވާ ދުވަސްވަރެއްފައި އެކުދިންނަށް ފާރަލުން މުހިންމެވެ. ވާހަކަ ދައްކަނީ ކޮންއުމުރެއްގެ ކޮންބަޔަކާކަމާއި، އެހެންފަރާތްތަކާއި ހިއްސާކުރަނީ ކޮންކަހަލަ ފޮޓޯއެއްތޯއާއި، ސާރޗްކުރަނީކޮންކަހަލަ މައުލޫމާތެއްތޯ އާއި ހޭދަކުރަނީ ކިހާވަގުތެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.  ނޫންނަމަ ގޭތެރޭއި ފެންނަ ހީސާބުގައި އިންދެ ނުބައި ގޯޅިއަކުންއަޅައި ގެއްލިދާނެއެވެ. ވީމާ މިފަދަކަންކަމަށް ހޭލުންތެރިވެ ސަމާލްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓެގް

ދިރާސާ ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.