ދުނިޔެ

ނެތަންޔާހޫ ހައްޔަރުކުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް އައި.ސީ.ސީ އިން ދެކޮޅު ހަދައިފި

އިޒްރޭލުގެ ޕްރައިމް މިނިސްޓަރ ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރ ޔޯއަވް ގެލަންޓް ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން ނެރެފައިވާ އަމުރު ބާޠިލުކުރުމަށް އިޒްރޭލުން އެދުމުން އެކަމަށް އައި.ސީ.ސީއިން ދެކޮޅު ހަދައިފިއެވެ،

އައި.ސީ.ސީގެ ޕްރީ-ޓްރަޔަލް ޗެމްބަރ I ގެ ނިންމުމުގައި، 9 މެއި 2025 ގައި އިޒްރޭލުން ހުށަހެޅި ދެ ކަންތައް ބަލައިނުގަތުމަށް ވަނީ ނިންމާފައިވެއެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ނެތަންޔާހޫ އަދި ގެލަންޓްގެ މައްޗަށް ނެރެފައިވާ އަމުރު އަނބުރާ ގެނައުމަށް ނުވަތަ ބާތިލްކުރުމަށް އެދިފައިވާ އެދުމެވެ. އަނެއް ކަމަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަށް ތަޙުޤީޤުކުރުން ހުއްޓުވުމެވެ.

އިޒްރޭލުން މިގޮތަށް އެކޯޓުގައި އެދިފައިވަނީ ފަލަސްތީނުގެ ސަރަޙައްދުތަކުގައި ހިންގާ ކުށްތަކަކީ އައި.ސީ.ސީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަން ނޫންކަމަށް ދަޢުވާކުރަމުންނެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ބަލައިނުގަނެ އެކޯޓުން ކުރިން ނިންމާފައިވާ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން އިޒްރޭލުން ވަނީ ކޯޓަށް މިހާރު ވެސް އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިވާނެ ކަމަށާއި އިތުރު ހުށަހެޅުންތަކެއް ބޭނުން ނުވާކަމަށް ބުނެ ފަލަސްތީނުގެ ބަޔާން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ނުދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ޕްރީ-ޓްރަޔަލް ޗެމްބަރއިން ވަނީ އެކަންވެސް ބަލައިނުގަނެފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަށް އައި.ސީ.ސީ އިން ތަޙުޤީޤުކުރަން ފަށާފައިވަނީ 3 މާރޗް 2021 ގައެވެ. އަދި ނަތަންޔާހޫއާއި ގަލަންޓްގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ 21 ނޮވެމްބަރު 2024 ގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ