ތިބާ އެންމެ ކިޔަވާހިތްވަނީ ކޮން މާއްދައެއްތޯ އަހާލައިފިނަމަ ޖަވާބަކަށް ވަނީ ޤުރުއާނެވެ. ދިވެހި ކިޔަވާކުދިން އަޚުލާޤު ގޯސްވަނީ ކީއްވެގެންތޯ އަހާލާފިނަމަ ޖަވާބަކަށް ވަނީ އެކުދިންނަށް ޤުރުއާން ނުކިޔަވާދޭތީކަމުގައެވެ. އެންމެ ލޯބިވާ "ފޮތަކީ" ކޮބައިތޯ އަހާލައިފިނަމަ އެއީ ﷲ ތަޢާލާގެ ބަސްފުޅު ލިޔެވިފައިވާ "މުސްޙަފު" ކަމަށް ބުނާނެއެވެ. އެކަމަކު މިއަދު އެ މުސްހަފުތައް މާލޭ ގެ ކުނިގަނޑަށް އެދަނީ އުކާލެވެމުންނެވެ.
މިކަމާ ކަންބޮޑުވަނީ ކާކުތޯއެވެ. މިކަށް ހުއްޓުވަށް މިއަދު މަސައްކަތް ކުރަނީ ކިތައް މީހުންތޯއެވެ. ދީނީ މައުލޫމާތު ތައް ފެތުރުމަށް ހަދާފައިވާ ވެބްސައިޓުތަކާއި ޖަމްޢިއްޔާތައް މިކަމުގައި ބަހެއް މިހާތަނެއް ނީވެނީ ބާއެވެ. ނުވަތަ ނުކިޔަނީ ބާއެވެ. ފަހަރެއްގައި އަޅުގަނޑަށް އަޑު ނީވެނީކަމަށް ވެދާނެއެވެ. ނަމަވެސް މިއަދުވެސް މި ބޮޑު "ކުފުރު"ގެ ޢަމާލާ ދެކޮޅަށް ބައެއް ނޫސްވެރިންނާއި ފަރުދުން ހިސާބެއްގެ "މަސައްކަތް"ތަކެއް އެބަ ކުރެއެވެ. ﷲ ތަޢާލާ އެބޭފުޅުން މިމަސައްކަތުގައި ޘާބިތު ކުރައްވާށެވެ. އާމީން.
އޭ ޔަހުދީން މި ޤައުމުން ފައްސާލި ރައްޔިތުނޭ! ކީރިތި ޤުރުއާން "ކުނިގޮނޑަށް" އުކާލުމާ ދެކޮޅަށް މަސައްކަތް އަދިވެސް ކުރައްޖެހޭ ވަގުތު ނާންނަނީހެއްޔެވެ؟ އަރަބި ތަޢުލީމަށް ޓަކައި "ބޮޑު ހިނގާލުމެއް ބާއްވާ" އެމައްސަލަ "ކޯޓަށް" ވެދި ބެލެނިވެރިންނޭ! އަރަބި ބަހުގެ އެންމެ "ބޮޑު" މަސްދަރު އަދި ކިއެއްތަ "ﷲތަޢާލާގެ މަތިވެރި ކަލާމު" ފުޅަށް އިހާނާތެރި ކޮށް ހިތޭ އިރު އަހަރެމެން އެކަމާ ދެކޮޅަށް ކުރެވުނުހާ ކަމެއް ކުރުމަށް އަތުކުރި އޮޅާލަމާތޯއެވެ. ރާއްޖޭ ގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް އުފެދިފައިވާ ޖަމްޢިއްޔާތަކުން މާލޭގެ ކުނިގޮޑަށް މުސްހަފުތައް އުކާލެވޭތާ 3 މަހަށްވުރެ ގިނަދުވަސް ވީއިރުވެސް "ބަޔާން" ނެއް ހާ ހިސާބުވެސް ނުނެރުނީ އެކަން ނޭނގޭތީ ބާވައެވެ؟
ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ﷲ ތަޢާލާގެ ކަލާމުފުޅަށް އިހާނާތެރިކޮށް ހިތެނީއެވެ. އެކަމާ ދެކޮޅު ހަދާނެ ދިވެއްސަކު މުސްލިމަކު ނޭތީބާވައެވެ؟ ނޫނެކެވެ. ތިބޭނޭ އަދި މަޑުކުރާށޭ! އެމީހުން "ނިދިން ހޭލައިގެން" އެކަން "ހުއްޓުވަން" ދާނެއެވެ. ފަހަރެއްގައި ވަގުތު ފާއިތު ވެދާނެއެވެ.
އޭ މީސްތަކުންނޭ! އަހަރެމެން މިކަމުގައި ފަސްޖެހި މިތިބެނީ ﷲ ތަޢާލާ އެފޮތް ރައްކާތެރި ކުރައްވާނެ ކަން ބަޔާންކޮށް ފައި ވާތީ ހެއްޔެވެ؟ އާ އެކެވެ. ﷲ ތަޢާލާ އެފޮތް ރައްކާތެރި ކުރައްވާނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އަހރެމެންގެ ކުރިމަތީގައި "ބޮޑެތި ލޯރީތައް" މުސްހަފުތައް މަތިން ދަތުރުކުރާއިރު ﷲ އާއި އެކަލާނގެ ފޮތް ދެކެވާ ލޯބި ކޮބައި ހެއްޔެވެ؟ އިސްލާމިކު މިނިސްޓްރީއާއި ދިވެހި ދައުލަތް ކޮބައިހެއްޔެވެ؟ އަހަރެމެންނަކީ ދުނިޔެއަށްޓަކައި "އާރތު އަވަރ" ފާހަގަކުރައް ފޮނުންވާފަ ތިބި މީހުން ހެއްޔެވެ؟
ޔާ ﷲ އަޅެއްމެއްގެ ހިތުގެ "ރަބީޢު" ކަމުގައި ޤުރުއާން ލައްވަވާ އެފޮތަށް ޢަމަލުކޮށް އެފޮތް ތަންފީޒުކުރާ ބަޔަކުކަމުގައި އަޅަމެން ލައްވާންދެއެވެ. އާމީން. އަދި އެފޮތް ހިމާޔަތްކުރާ ބަޔަކު ކަމުގައި ލައްވާން ދެއެވެ. އާމީން. އަދި އެފޮތާ މެދު އިހުމާލު ވާ ބަޔަކު ކަމުގައި ނުލައްވާން ދެއެވެ. އާމީން
وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ

















މިކަމާ ދެކޮޅަށް އަހަންނަށް ކުރެވޭނީ ކީއްހެއްޔެވެ؟ އަހަންނަށް މިކަން އިނގުނީ އެމް. އެން. ބީ. ސީ ހަބަރުންނެވެ. އެކަން އެނގުނީމާ ދެރަވިއެވެ. ރުޅިވެސް އައެވެ. ޔަޤީނުންވެސް މިގޭގަ އުޅޭ މީހަކު އަހަންނަށް އެނގިގެން އެކަންތައް ކޮށްފިއްޔާ އެމީހަކަށް ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކުރަން ނުކެރޭވަރު ކުރާނަމެވެ. އެކަމު މިހާރު މިކަން ކުރާ މީހުންނާ ދެކޮޅަށް އަހަންނަށް ކުރެވޭނީ ކީއްބާ؟