ދުނިޔެ ޙަމާސް އާއި ފަތަޙް ޖަމާޢަތުން، އިސްރާއީލުން ފަލަސްޠީނުގެ ބިން ރަސްމީކޮށް މިލްކުކުރުމާއި އިދިކޮޅަށް އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންފި

ޙަމާސް އާއި ފަތަޙް ޖަމާޢަތުން، އިސްރާއީލުން ފަލަސްޠީނުގެ ބިން ރަސްމީކޮށް މިލްކުކުރުމާއި އިދިކޮޅަށް އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންފި

Hamas aai Fatah Jama'athun Israelun Falastheenuge Bin Rasmeekoh Milkukurumai Idhikolhah Ekuga Masahkaiy Kurehvumah Ehbasve Vadaigannavaifi

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި އާއި ފަތަޙް ޖަމާޢަތުން، އިސްރާއީލުން ފަލަސްޠީނުގެ ބިން ރަސްމީކޮށް މިލްކުކުރުމާއި އިދިކޮޅަށް އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފިއެވެ.

މިދެ ޖަމާޢަތުން މިކަން އިޢުލާން ކުރައްވާފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުން ރަސްމީކޮށް މިލްކު ކުރުމަށް ނިންމާފައިވާކަން އިޢުލާން ކުރުމާއި ވިދިގެން މިޖުލައި މަހުގެ 2 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައެވެ.

މިމައްސަލަ އާއި ގުޅިގެން މިދެޖަމާޢަތުން ބާއްވަވާފައިވާ ބައްދަލުވުންތަކުގައި ޙަމާސްގެ ސިޔާސީ ބިޔުރޯގެ ޑެޕިއުޓީ ހެޑް، ޞާލިޚް އަލްޢާރޫރީއާއި، ފަތަޙް ޖަމާޢާތުގެ ސެންޓްރަލް ކޮމިޓީގެ މޭޖަރ ޖެނެރަލް ޖިބްރީލް ރަޖޫބްވަނީ ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަތަޙް ޖަމާޢަތުގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ރަސްމީކޮށް ހުޅަނގު އައްސޭރި މިލްކު ކުރުމަށް ގެންގުޅޭ "އެނެކްސޭޝަން ޕްލޭނާއި" މެދު ދެފަރާތުގެ ވިސްނުންވެސް ވަނީ ޢަމަލީ ގޮތުން އެކަމާއި އިދިކޮޅު ހެއްދެވުމަށެވެ. އަދި މިއެއަބަސްވުމާއި އެކު، ދެފަރާތަށް އެއް ލަނޑުދަނޑިއަކާއި ދިމާއަށް މަގު ދައްކައިދޭނޭ ރުއުޔާއެއް އުފެއްދެވުމަށް މަގުފަހުވެގެންދާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ޙަމާސާއި އެކު އާ ޞަފްޙާއެއް ހުޅުވުމަށް. އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށާއި، ޢާއިލާތަކަށް އާ ނަމޫނާއެއް ތަޢާރަފު ކޮށްދޭން." އޭނާ ވިދާޅުވެފައިވެއެވެ.

މިއާއިއެކު ފަތަޙް ޖަމާޢަތުގެ ރަޖޫބް ވަނީ ޢަރަބި ސަމިޓުތަކުގައި ނިންމުނު ފަދައިން، އިސްތިޢުމާރީ ބާރުތަކާއި ގުޅުން ބަދަހި ނުކުރުމަށް ޢަރަބި އަދި އިސްލާމީ ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި މިއަށް ބާރުދެއްވާ، ޙަމާސް ޖަމާޢަތުގެ އަލްޢަރޫރީވަނީ އިސްތިޢުމާރީ ބާރުތަކުގެ މިފަދަ ރޭވުންތައް ދުރުކުރުމަށްޓަކައި، އިޚްލާޞްތެރިކަމާއި އެކު އެއްބަޔަކު އަނެއްބަޔަކާއި އެކު ދެމިހުންނަށް ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ އެނެކްސޭޗަން ޕްލޭން (ފަލަސްޠިނުގެ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްކަމަށް ރަސްމީކޮށް ނިންމުމަށް ކުރާ ރޭވުންތައް) ކާމިޔާބު ވެއްޖެނަމަ އެބައިމީހުންނަށް ހުޅަނގު އައްސޭރީގެ ބިންތަކުގެ 30% ޖަހައިގަނެވޭނެއެވެ. މިހެންކަމުން މިރޭވުމާއި އެއްގިޮތަށް ކަންތައްތައް ގެންގޮސްފިނަމަ، އެއްވެސް ޞުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަން ނުޖެހޭނޭކަމަށް ފަލަސްޠީނުގެ ރައްޔިތުންވެސް، އަދި ސީދާ ރައީސް މަޙްމޫދު ޢައްބާސްވެސް ޤަބޫލުކުރައްވައެވެ.

ޓެގް

ދިއިސްލާމް އަރަބި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.