އިސްރާއީލުގެ ހަތިޔާރުގެ ވިޔަފާރި 7.2 ބިލިއަން ޑޮލަރަށް އަރައިފިކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ދަ ޖެރޫސަލެމް ޕޯސްޓުގައިވާ ގޮތުން އިސްރާއީލުން ހަނގުރާމައިގެ ހަތިޔާރު ވިޔަފާރީގެ 41% އަކީ އޭޝިޔާ ސަރަހައްދާއި އެއްކޮށް ކޮށްފައިވާ ވިޔަފާރިއެވެ. އަދި އޭގެ 26% އަކީ ޔޫރަޕުގެ ޤައުމުތަކާއިއެކު ކޮށްފައިވާ ވިޔަފާރިއެވެ. އަދި ނޯތު 25% އަކީ އެމެރިކާ އާއި އެކު ކޮށްފައިވާ ވިޔަފާރިތަކެވެ.
"ބައިނަލް އަޤްވާމީކޮށް ކުރިމަތިވާ ގޮން ޖެހުންތަކާއި އެކުވެސް އަހަރެމެންވަނީ ދުނިޔޭގެ ސަލާމަތީ ހަތިޔާރު ވިއްކާ 10 ޤައުމުގެ ތެރޭގައި އިސްރާއީލު އަހަރެމެންނަށްވަނީ ދެމެހެއްޓިފައި، އަދި އޭގެ މާރކެޓު ޝެއާ މިވަނީ 7 ބިލިއަނަށްވުރެ މައްޗަށް އަރައިފަ" އެޤައުމުގެ ޑިފެންސް މިނިސްޓްރީގެ ދިފާޢީ ބައިގެ އިސްވެރިޔާ ބުނެފައިވެއެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި އިސްރާއީލުން އަނިޔާވެރި ވެރިންނަށާއި، ސަރުކާރުތަކަށް ހަތިޔާރު ވިއްކާ ކަމުގެ ތުހުމަތުތައް ވަނީ ގިނަވެފައެވެ. މިގޮތުން ރޯހިންގޔާ މުސްލިމުންނަށް އަނިޔާ ކުރަމުންދާ މިޔަންމާ ސަރުކާރަށް ހަތިޔާޜު ވިއްކާތީ، އދ އިންވެސް ވަނީ އިސްރާއީލަށް ފާޑުކިޔާ ރިޕޯޓެއް ނެރެފައެވެ.
"އަދި ޚާއްޞަކޮށް، އިސްރާއީލުންވަނީ އާރމްސް ޓްރޭޑް ޓްރީޓީއިން ހުއްދަކުރާ ހަތިޔާރުވަނީ މިޔަންމާއަށް ވިއްކާފައި. އެވަޤުތު އެހަތިޔާރުތައް ބޭނުންކުރެވޭނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުކަންކަމުގައިކަން އިސްރާއީލަށް އެނގިފައިވާނެ، ނުވަތަ އޮންނަން ޖެހޭނީ އެނގިފައި" ވަނަ އަހަރު ހުށައެޅުނު އިސްރާއީލުގެ ސުޕްރީމު ކޯޓަށް ހުށައެޅުނު މައްސަލައަކާއި ވިދިގެން، މިޔަންމާއަށް މިފަދަ ހަތިޔާރުތައް ވިއްކުން މަނާކުރުމުގެ ކުރިން، ކަންތައްތައް ހިނގާފައިވާ ގޮތް ފާހަގަ ކުރައްވާ، އދ ގެ ރިޕޯޓުގައި ބަޔާން ކުރައްވާފައިވެއެވެ.
މިރިޕޯޓުގައިވާ ގޮތުން، އިސްރާއީލުން ވިއްކާ ހަތިޔާރުތަކުން މިޔަންމާއިން ދަނީ، މީހުން މެރުމާއި، ހައްޔަރު ކުރުމާއި، އަނިޔާކުރުމާއި، ޖިންސީ އަޅުވެތިކަމާއި އަދި އެނޫންވެސް ޖިންސީ ފުރައްސާރަތަކުގައި ބޭނުންކުރެވެމުންނެވެ.
2017 ގައި މިކަންކަން މަނާ ކުރެވުމުގެ ކުރިން، އިސްރާއީލުންވަނީ މިޔަންމާއަށް ހަނގުރާމަ މަތީގެ މަނަވަރު ވިއްކާފައެވެ. އަދި މަނާކުރެވުމަށް ފަހުގައިވެސް، 2019 ވަނަ އަހަރު، އިސްރާއީލުގައި ބޭއްވުނު ޢަސްކަރީ ހަތިޔާރު ދައްކާލުމުގެ އެކްސްޕޯއަކަށްވަނީ މިޔަންމާގެ ވަފުދެއް ގޮސްފައެވެ. އިސްރާއީލުގެ ނޫހެއްކަމަށްވާ ހާރެޓްޒުނ، މިއެކްސްޕޯގެ އެކިއެކި ބޫތުތަކަށް ގޮސް، މިޔަންމާއާއިއެކު ވިޔަފާރީގެ މުޢާމަލާތްކުރަން މަނާވެފައި އޮއްވާ އެޤައުމުގެ ވަފުދެއް އެކްސްޕޯއަށް އައިސްފައިވަނީ ކީއްވެތޯ ސުވާލުކުރުމުން، ގިނަ ބޫތުތަކުން ބުނެފައިވަނީ އެއީ މަނާކަމެއްކަމަށް ނުދެނެހުރިކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...