އަރަބިދުނިޔެދުނިޔެ

ސަޢޫދީ ޢަރަބިއްޔާގެ 90000 އަށްވުރެ ގިނަ މިސްކިތްތައް ހުޅުވާލަނީ

މިއަންނަ އާދީއްތަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ 90000 އަށްވުރެ ގިނަ މިސްކިތް ހުޅުވާލުމަށް ހަމަޖެހިއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ނޫސް އެޖެންސީއެއް ކަމަށްވާ ސަޢުދީ ގެޒެޓުން މަޢުލޫމާތުދޭ ގޮތުގައި އަންނަ އެޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސިން ދަނީ 90000 އަށް ވުރެ ގިނަ މިސްކިތް، ސާފުކޮށް، މަރާމާތުކޮށް ސެނިޓައިޒް ކުރުމަށް ތައްޔާރު ވަމުންނެވެ.

މިގޮތުން މިމިސްކިތްތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓަރ އިފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލް ޢާޠިފް ބިން ޢަބްދުލް ޢަޒީޒު އާލް ޝައިޚާއި ހައިއަތު ކިބާރިލް ޢުލަމާގެ އިރުޝާދުގެ ދަށުންނެވެ. މިގޮތުން ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ދަނީ އެކިއެކި ޓީވީ އަދި ރޭޑިޔޯ ޗެނަލްތަކާއި، ޚަބަރު ފަތުރާ ވަސީލާތްތަކުގައި، އެކިއެކި ބަސްބަހުން، މިސްކިތަށްދާ ފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވީ ގޮތް އަންގަވަމުންނެވެ.

މިގޮތުން މިނިސްޓްރީއިންވަނީ މިސްކިތަށް ދިޔުމުގެ ކުރިންނާއި، އެނބުރި އައުމަށްފަހު ޤަވާއިދުން އަތް ދޮވުމާއި ސެނިޓައިޒް ކުރުމާއި، މިސްކިތަށް ދިޔުމުގެ ކުރިން ވުޟޫ ކުރުމާއި، އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، ދާއިމީ ބަލިތައް ހުންނަ ފަރާތްތަކުން ގޭގައި ނަމާދު ކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން ޤުރްއާން ކިޔަވާއިރު އަމިއްލަ މުޞްޙަފަކުން ނުވަތަ މޯބައިލް ފޯނުން ކިޔެވުމަށާއި، މިސްކިތަށް މުޞައްލައެއް ގެނައުމަށާއި، ނަމާދު ކުރާއިރު ކޮންމެ ދެމީހެއް ދޭތެރޭ 2 ފޫޓު ބެހެއްޓުމަށާއި އުމުރުން 15 އަހަރުން ދަށުގެ ކުދިން މިސްކިތަށް ނުގެންދިޔުމަށްވެސް ވަނީ ސަޢޫދީ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސަޢޫދީ ޢަރަބިއްޔާ އިންވަނީ މައްކާ ނޫން އެހެން ރަށްރަށުގައި ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކާރފިއު ލުއިކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މައްކާގައިވެސް ކުރިއަށް އޮތެ ދުވަސްތަކުގެ ތެރޭގައި ދެ މަރްޙަލާއަކަށް ބަހާލެވިގެން ލޮކްޑައުން ލުއިކުރެވޭޏެކަމަށް ސަޢޫދީ ސަރުކާރުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *