ރިޕޯޓްއަރަބިދުނިޔެދުނިޔެ

ފަލަސްޠީނު ބިމުގެ 85% އިސްރާއިލުގެ އަތް ދަށުގައި!

ފަލަސްތީނުގެ 'ލޭންޑް ޑޭ' އާ ގުޅުގެން ދަ ޕަލަސްޓެއިން ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ރިޕޯރަޓުން ދައްކާ ގޮތުގައި މިހާރު ފަލަސްޠީނުގެ ބާރުގެ ދަށުގައި ވަނީ އެމީހުންގެ ބިމުގެ ގާތް ގަނޑަކަށް އެންމެ 15%އެވެ. އަނެއް 85% ވަނީ އިސްރާއިލުން ފޭރިގަނެފައެވެ.

މި ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ފަލަސްތީނު ރައްޔިތުންގެ ޢަދަދު 13މިލިއަނަށް އަރައެވެ. ފަލަސްތީންގެ ބާރުދަށުގައިވި ބިމުގައި އޭގެތެރެއިން 5 މިލިއަން މީހުން ދިރިއުޅެމުން ދާއިރު އަނެއް 1،597،000 މީހުން އިސްރާއިލު ރައްޔިތުންގެ ގޮތުގައި އެމީހުންގެ ބާރުދަށުގައިވި ހިސާބުގައި އުޅެމުން ދެއެވެ. ފަލަސްތީނަށް ނިޞްބަތްވާ 6މިލިއަނެއްހާ މީހުން އަރަބި ޤައުމުތަކުގައި ވަޒަން ވެރިވެގެން އުޅޭއިރު ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި 727،000 މީހުން ދިރިއުޅެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން އިސްރާއިލުން އަތުލައިގަނެފައިވާ ހިސާބުގެ އާބާދީގެ ތިން ބައި ކުޅަ އެއްބަޔަކީ ދުނިޔޭގެ އެކި ހިސާބުތަކުން އެ ބިމަށް ވެރިވެ ގަނެފައިވާ ޔަހޫދީންނެވެ.

އޭގެ އިތުރަށް ވެސްޓް ބެންކް ސަރަހައްދުގައި ހުރި 678 ޢިމާރާތްތައް އިސްރާއިލުގެ އަނިޔާވެރި ސިފައިން ވަނީ ހަލާކުކޮށް ސުންނާފަތި ކޮށްފައެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 251 ޢިމާރާތް ހިމެނެއެވެ. އެ ސަރަހައްދުގައި ހުރި ބައެއް މަގުތައް ފަލަސްޠީނު ރައްޔިތުން ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އެއީ ބައިނަލްއަގުވާމީ ޤާނޫނާއި ޚިލާފަށް އުޅޭ ޔަހޫދީ ދަރިކޮޅުގެ މީހުންނަށް ދަތިކަމެއް ނެތި އެ ސަރަހައްދަށް ވަނުމުގެ ފުރިހަމަ ބާރު ދޭށެވެ.

ޣާޒާގެ ދަނޑުވެރިކަން ކުރާ ބިމުގައި އިސްރާއިލި ސިފައިން ޤާއިމު ކުރި 'ބަފާރ ޒޯން' ގެ ސަބަބުން ފަލަސްޠީނުގެ ދަނޑުވެރިންނަށް މިހާރު އެ ސަރަހައްދު ބޭނުމެއް ނުކުރެވެއެވެ. އޭގެ އިތުރަށް ޣާޒާ ބިމުގެ 25% ވަނީ އޭގެ ސަބަބުން ގެއްލިފައެވެ.

1948 އަށް ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ޔަހޫދީން ވަނީ ފަލަސްޠީނުގެ ބިން އެމީހުންގެ އަޅުވެތި ކަމުގެ ދަށަށް ގެންގޮސްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް