ދުނިޔެ

ޓިއުނީޝިއާއިން ކޮވިޑް-19 އާއި ގުޅިގެން 1،420 ޤައިދީއިން މިނިވަންކުރަނީ

Tiunisia In Covid-19 Aai Gulhigen 1,420 Gaidheein Minivankuranee

ކޮވިޑް -19 އާއި ގުޅިގެން ޓިއުނީޝިއާގެ ޖަލުގައި ތިބި ޤައިދީއިންގެ ތެރެއިން 1،420 ޤައިދީއިން އެޤައުމުގެ ރައީސްގެ ޙާއްސަ ޢަފޫޢާންމުގެ ދަށުން ދޫކޮށްލުމަށް ނިންމަވާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޓިއުނީޝިއާގެ ޖަލުގައި ތިބި ޤައިދީއިންގެ ތެރެއިން ބަޔަކު ދޫކޮށްލުމަށް އެޤައުމުގެ ރައީސް ނިންމަވާފައިމިވަނީ ކޮވިޑް-19 ފެތުރެމުންމިދާ ދަނޑިވަޅުގައި އެވައިރަސް ފެތުރުމުގެ މިންވަރު މަދުކުރުމަށް ކަމަށް އެޤައުމުގެ ރައީސް ކައިސް ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން މެޑިކަލް ޓީމްތަކަށް އެހީތެރިވެދިނުމާއި، ޖަލުތަށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ އިޢްލާނުކުރަށް ވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައިދީއިން ދޫކޮށްލުމަށް އެޤައުމުގެ ރައީސް މިނިންމެވީ މީގެ ދެހަފްތާ ކުރިން އެޤައުމުގެ މިނިވަން ދުވަހާއި ގުޅިގެން 1،800ޤައިދީއިން ދޫކޮށްލިތާ 2ހަފްތާ ފަހުންނެވެ.

ކޮވިޑް-19 ފެތުރިގެން ދިއުން ހުއްޓުވުމަށްޓަކައި އެޤައުމުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވިޅުތަކެއް އެޅުމަށް ނިންމައި ފައެވެ. އެގޮތުން ރޭގަނޑުގެ 12ގަޑިއިރަށް ހަރުކަށި ކަމާއިއެކު ކަރފިއު ވަނީ އިޢްލާނު ކޮށްފައެވެ. އަދި ރިމޯޓުން ކޮންޓްރޯލް ކުރެވޭ ފުލުހުންގެ ވެހިކަލްތަށް މަގުތަށް ބަލަހައްޓަމުންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ