ރިޕޯޓް ކީއްވެ؟

ކީއްވެ؟

ކީއްވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ކީއްވެ ބުރުގާ އަޅަނީ؟" "ކީއްވެ ރާ ނުބޮނީ؟" ކީއްވެ އޫރު މަސް ނުކަނީ؟" ...ކީއްވެ؟؟ ...ކީއްވެ؟؟ މިކަހަލަ ސުވާލު ތަކަކީ މުސްލިމުންނާ ވަރަށް ގިނައިން ކުރިމަތިވާ ސުވާލު ތަކެވެ. މި ފަދަ ސުވާލު ތަކަކީ އާންމުކޮށް ކާފަރުން އަޅުގަނޑުމެންގެ އަޤީދާ އާ ބެހޭ ގޮތުން ކުރާ ސުވާލު ތަކެވެ. ނަމަވެސް މުސްލިމުން ކަމަށް ދަޢުވާ ކުރާ ބައެއް މީހުންގެ ކިބައިންވެސް މި ފަދަ ސުވާލުތައް އައުމަކީ ދުރު ކަމެއް ނޫނެވެ.

މީގައި، އަޅުގަނޑު ފާހަގަ ކޮއްލަން ބޭނުންވާ ނުކުތާ އަކީ، މި ފަދަ ސުވާލުތައް ކުރިމަތި ވުމުން، އެކަމުގެ ދިފާޢުގައި ވަރަށް ބޮޑެތި ތަފްސީލު ތަކާ އެކު ބައެއް މީހުން ސަބަބު ދައްކަންއުޅުމެވެ. މިސާލަކަށް، "ރަލަކީ ހަށިގަނޑަށް ވެސް އެހާ ފައިދާ ހުރި އެއްޗެއް ނޫން..." ނުވަތަ، "އޫރަކީ ވަރަށް ހަޑި މުޑުދާރުކޮށް އުޅޭ އެއްޗެއް...." މިފަދަ ގޮތް ގޮތަށް ބައެއް މީހުން ވާހަކަ ދައްކާތަން ބައެއް ފަހަރު ފެނެއެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ!

ޙަޤީޤަތުގައި މިފަދަ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ވަރަށް ފަސޭހަ އެވެ. ވަރަށް 'ސިންޕަލް' އެވެ.

"އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެގޮތަށް އަންގަވާފައި ވާތީއެވެ"

ޖަވާބު އެހާވެސް ފަސޭހައެވެ. އަދި އެއީ އެންމެ ތެދު ޖަވާބުވެސް މެއެވެ. އަދި އެ ސަބަބަކަށް ރައްދެއްވެސް ނުދެވޭނެއެވެ. އެހެން ނަމަވެސް އަމިއްލަ ސިކުނޑިއިން ސަބަބުތައް ދައްކަން އުޅެފި ނަމަ، ސުވާލު ކުރި މީހާ އަށް ވެސް އޭގެ ރައްދު ދިނުމުގެ ފުރުސަތު ބޮޑު ވާނެއެވެ. މިސާލަކަށް، "އޫރުވެސް ސާފުތާހިރު ކަމާ އެކީ ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅެފި ނަމަ ހަޑި އެއް ނުވާނެ..." ދެން އަނެއްކާ މިއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

އެހެންކަމުން ޙަޤީޤަތް ހާމަ ކުރާށެވެ.

ކޮންމެ ކަމެއްގެ ސަބަބުތައް ހޯދަން މަސައްކަތް ކޮށްފި ނަމަ ބައެއް ފަހަރު މަގުން ކައްސާލާ ތަން އަތުވެދާނެއެވެ. "މި ކަމުގެ ފައިދާ އަކީ ކޮބައިބާ؟" މި ފަދަ ސުވާލުތައް އަމިއްލަ ނަފްސާ ކުރެވި ކަން ކަމުގެ ފައިދާތަކާ ގެއްލުންތައް އަހަރުމެންނަށް ދެއްވާފައި މިވާ އުނި ސިކުނޑިން ވިސްނަމުން ދިއުމުގެ ނަތީޖާ އެއްގެ ގޮތުން ބައެއްކަންކަމުގައި ތިމާއަށް ސުވާލު މާރކެއް ޖެހިދާނެއެވެ. މިސާލަކަށް، "ޚުއްފުގައި ފެން ފޮހޭ އިރު ހަމަ އެކަނި ފައިގެ މަތީގައި ފޮހެލުމުގެ ހިކުމަތަކީ ކޮބާ؟" ނުވަތަ "ގެރި ބަކަރި މަސް ކެއުމުން ވުޟޫ ނުގެއްލޭ އިރު، ޖަމަލު މަސް ކެއުމުން ވުޟޫ ގެއްލެނީ ކީއްވެ؟"  މި ފަދަ ސުވާލުތައް ކުރެވެން ފަށާފާނެއެވެ. ދީނުގެ ކޮންމެ ކޮންމެ ކަމެއްގެ ހިކުމަތާ ފައިދާ އާއި ސަބަބުތަކަކީ އަޅުގަނޑުމެންގެ ސިކުނޑިން ހޯދައިގަނެވޭނެ ތަކެތި ނޫންކަން ޤަބޫލުކުރަން ޖެހެއެވެ!

އަޅުގަނޑުމެންގެ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ އަޅުގަނޑުމެންގެ ޚާލިޤް އެވެ! އަހަރެމެންނަށް އޮތީ އެކަލާނގެ އަންގަވާ ކަންކަމަށް ބޯލަބައި ކިޔަމަން ވުމެވެ!

والله أعلم

ޓެގް

ދީން ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.