ރިޕޯޓް ދައުލަތުގެ މީޑިއާ މިނިވަން ކުރާށެވެ!

ދައުލަތުގެ މީޑިއާ މިނިވަން ކުރާށެވެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ލިމް

"ހެޔޮވާނެތޯ ކިއުކަމްބާތޯ ހެއްދެވީ އަންހެނުންނަށްޓަކައި ނޫނީ ފިރިހެނުންތޯ މާތް ﷲ ހެއްދެވީ." މިއީ ޝޭޚް ފަރީދުގެ "ވަދާއީ ދަރުސްގެ" އިސްތިހާރުގެ ތެރެއިން އިވޭ ވާހަކަ ކޮޅެކެވެ. ބޮޑު ހަރަދެއް ކޮށްގެން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވެސް އިން އެމް އެން ބީސީން ގެނެސް ދެމުން ދިޔަ އިސްތިހާރު ގެނައުން މެނދު ކަނޑާލީ މަތީގައި އެވާ އިބާރާތް އެ އިސްތިހާރުގައި ބޭނުން ކޮށްފައި ވާތީއެވެ. އެއީ ދައުލަތުގެ މީޑިއާއިން ފޮނުވަން ވާވަރަށް ވުރެއް އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކައަކަށް ވީމައެވެ.

އަޅުގަނޑުވެސް އެމް އެން ބީސީގެ ސީއީ، އިސްމާއިލް އާސިފް (މޮންދު) ދެއްކެވި އުޒުރަށް ދެކޮޅެއް ނަހަދަމެވެ. އަދި އިސްތިހާރުގައި ބޭނުންކޮށްފައި އެވާ އިބާރާތް ބޭނުންކުރުމުން އިސްތިހާރު ގެނެސްދިނުން މެދު ކަނޑާލުމަކުން އިއުތިރާޟެއްވެސް ނެތެވެ. ނަމަވެސް މައްސަލައަކީ އެކި ފަހަރު އެކި ގޮތަށް ކަން ކުރާތީއެވެ. އެމް އެން ބީސީ ވަން އިން މައިންނާއި، ދަރިން އެއްތާ ތިބެ ބަލަން ނުކުރޭވަރުގެ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ތަކެތި ފޮނުވަމުން ދާއިރު، އެ ތަކެތި ފޮނުވުން މަނާ ނުކޮށް ޝޭޚް ފަރީދުގެ ދަރުސް އިސްތިހާރު މަނާކުރުމުން ދެންވެސް ބުނަންވީ ދައުލަތުގެ މީޑިއާއަކީ މިނިވަން ތަނެކޭތޯއެވެ؟

ދައުލަތުގެ ޓީވީން ގެނެސްދަމުން ދާ ބައެއް ޕްރޮގުރާމްތަކަށް ވަކި ވަކިން ނަޒަރު ހިންގާ ލަމާތޯއެވެ. އަޅުގަނޑުމެން ކުޑަ އިރު ދައުލަތުގެ ޓީވީން ގެނެސްދޭ އެންމެ މަޤްބޫލް ޕްރޮގުރާމަކީ ހަވީރު ވަގުތު އަންނަ ކާޓޫނެވެ. ކާޓޫނު ތަކުގައި ހިމެނޭ ބައެއް މަންޒަރުތަށްވެސް(ލޯބިވެރިން ކިސް ކުރާ މަންޒަރު ފަދަ) އޭރު ޓީ ވީ އަކުން ނުގެނެސް ދެއެވެ. ނަމަވެސް މިހާރުގެ ހާލަކީ އެއީ ތޯއެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިން ބެލުމަށްޓަކައި ޙާއްޞަކޮށްގެން ދައުލަތުގެ ޓީވީން ގެނެސްދޭ ކާޓޫނުތަކުގައިވެސް ނުކުރާކަށް ކަމެއް ނުހުރެއެވެ. ނަމަވެސް އެއީ މައްސަލައަކަށް ނުވިއެވެ. އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އެއްޗަކަށްވެސް ނުވިއެވެ. އެނިމޭޓެޑް ތަކެތި ވީމަ މައްސަލައަކަށް ނުވަނީ ތޯއްޗެކެވެ.

އާދެ، ދެން އޮތީ މަޝްހޫރު މާކަނާ ޝޯގެ ވާހަކައެވެ. ދިވެހީންގެ ގިނަ ބަޔަކު އެވަރެއް ނެތިގެން ބަލާ މާކަނާ ޝޯގައި ދީނާ ޚީލާފު މަންޒަރުތައް ފޮނުވަމުން ދާއިރުވެސް މޮންދުމެންނަކަށް ކަހާތަން ހިރުވާވެސް ނުލައެވެ. އަޅުގަނޑު މި ދަންނަވާ ވާހަކައިގެ ހެއްކަކަށް  ތިރީގައި އެވާ ފޮޓޯވެސް ފުދެއެވެ.

އަދިވެސް އަޅުގަނޑާއެކު ހިންގަވާށެވެ. ޓީވީއެމް އުން ގެނެސްދިން  ފިލްމެކެވެ. އެއާ މެދު އަޅުގަނޑު އެއްޗެއް ދެންނެވުމަށްވުރެއް ތިރީގައި އެވާ ވީޑިއޯ ބެއްލެވުމަށްފަހު އަމިއަލައަށް ގޮތެއް ނިންމަވާށެވެ

މިއީ ދައުލަތުގެ މީޑިއާގެ ހާލަތެވެ. އެކި ފަހަރު އެކި ގޮތެވެ. ދީނީ ޢިލްމުވެރިޔެއްގެ ދަރުހަކަށް މީސްތކުންނަށް ދައުވަތު އެރުވުމަށް ގެނެސް ދިން އިސްތިހާރު މެނދު ކަނޑާލުމަށްވުރެއް، ޓީވީން ގެނެސްދޭ ފާހިޝް އަމަލުތަކަށް މަގުފަހިކޮށްދޭ ލަވަތަކާއި ޕްރޮގުރާމްތައް ގެނެސްދިނުން ހުއްޓާލުން މާ ބުއްދިވެރި ނޫންތޯއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.