ދުނިޔެ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ސޫރިޔާ ރެފިއުޖީން ޤައުމަށް ފޮނުވާލާނަން: މުހައްރަމް އިންޝީ

އިންތިހާބު ކާމިޔާބު ވެއްޖެނަމަ ސޫރިޔާ ރެފިއުޖީން ޤައުމަށް ފޮނުވާލާނަން: މުހައްރަމް އިންޝީ

އިންތިހާބު ކާމިޔާބު ވެއްޖެނަމަ ސޫރިޔާ ރެފިއުޖީން ޤައުމަށް ފޮނުވާލާނަން: މުހައްރަމް އިންޝީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖޫން24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތުރުކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ތުރުކީގައި ތިބި ސޫރިޔާގެ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށް ރައީސް އުރުދުޣާންއާ އެންމެގާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މުހައްރަމް އިންޝީ ވައުދުވެވަޑައި ގެންފިއެވެ.

މުހައްރަމް އިންޝީ މިކަމަށް ވައުދުވެވަޑައި ގެންނެވީ، ތުރުކީގެ އިޒްމީރް ސިޓީގެ ގުންޑޮގްޑް މައިދާނަށް އެއްވި އެތައްހާސް އާންމުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ތުރުކީގެ މައި އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މުހައްރަމް ގެންދަވަނީ ކެމްޕެއިންގައި އުރުދުޣާންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އުރުދުޣާންއަކީ އެކަނިވެރިވެފައިވާ ރައްޔިތުން ނިކަމެތި ކުރަމުންދާ ބޮޑާ ބޭފުޅެއް ކަމަށް މުހައްރަމްވަނީ ވިދާޅުވެފައެވެ.

ސޫރިޔާގެ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށް އިންޝީ ވަޢުދުވެފައިވާއިރު ސޫރިޔާގެ އެންމެ ގިނަ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ގެންދަނީ ތުރުކީގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.