ދުނިޔެ މިއަދު އެކަނިވެސް އިޒްރޭލުން ޣާޒާގެ 525 މީހުން ޒަޚަމް ކޮށްލައިފި

މިއަދު އެކަނިވެސް އިޒްރޭލުން ޣާޒާގެ 525 މީހުން ޒަޚަމް ކޮށްލައިފި

މިއަދު އެކަނިވެސް އިޒްރޭލުން ޣާޒާގެ 525 މީހުން ޒަޚަމް ކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީ ލަޝްކަރުތަކުން މިއަދު އެކަނިވެސް ޣާޒާގެ 525 އަށްވުރެ ގިނަ ރައްޔިތުން ޒަޚަމް ކޮށްލައިފިއެވެ.

އިޒްރޭލުން ޣާޒާ ހިޞާރުކޮށްފައި އޮންނަ އޮތުމާއި ދެކޮޅަށް މިއަދުވެސް ޣާޒާގެ ރައްޔިތުން އިހުތިޖާޖު ކުރިއަށް ގެންދިޔައިރު އިޒްރޭލު ސިފައިން ގެންދިޔައީ ކަރުނަގޭހާއި ހަތިޔާރުން އިހްތިޖާޖްގެ ބައިވެރިންނަށް ހަމަލާ ދެމުންނެވެ. އެގޮތުން ޑްރޯން ބޭނުންކޮށްގެން ކަރުނަގޭސް ކެނިސްޓަރ ފޮނުވަމުން ގެންދިޔައިރު އެއިގެން ބައެއް އެއްޗެހި އިހްތިޖާޖްގެ ބައިވެރިންގެ ހަށިގަނޑަށް އަމާޒުވެ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ.

ޣާޒާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިއަދުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލުވަނީ ވަރަށް ބޮޑުވެފައެވެ. އަދި އިޒްރޭލުގެ ހަމަލާތައް ކަވަރުކުރަމުންދިޔަ ތިން ނޫސްވެރިޔަކުވެސް ޒަޚަމްވެފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ބިމުގެ ދުވަހާއި ގުޅިގެން ކުރިއަށްދާ މިއިހްތިޖާޖްތަކުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޣާޒާގެ 123 މީހުންވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.