ސުފުރާ ފިލާ މަސްހުނި

ފިލާ މަސްހުނި

ފިލާ މަސްހުނި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި

2 ބޮނޑި ފިލާފަތް

1 މަސްދަޅު

2/1 އިރު ވަޅޯމަސް ( ހިމުން ކޮށްފައި)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

1 ލޮނުމެދު (ކުދިކޮށް ކޮށާފައި)

ކުޑަ އިނގުރު ކޮޅެއް (ގާނާފައި)

1 ކާށީ ހުނި (ކުޑަ)

2 ލުނބޯ (ބޮޑު)

2/1 ސައިސަމްސާ އަސޭމިރުސް (މުގުރާފައި)

3/1 ސައިސަމްސާ ދިރި (މުގުރާފައި)

6 ސައިސަމްސާ ރިހާކުރު

ލޮނު

ގިތެޔޮ މިރުސް

ހިކަނދިފަތް

ފެން

 

ތައްޔާރުކުރާނެ ގޮތް

ފިޔާ، ލޮނުމެދު، އިނގުރު، މިރުސް އަދި ހިކަނދިފަތް ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތް ޖަހައިގެން މޮޑެލާފައި ރިހާކުރު، އަސޭމިރުސް އަދި ދިރި އަޅައިގެންވެސް ރަނގަޅަށް މޮޑެލާށެވެ. ދެން މަސް އަޅައިގެން މޮޑެލުމަށްފަހު ހުނި އަދި ފަތް އަޅައި އެކުލަވައިލާށެވެ. އެއަށްފަހު ކުޑަ ފެންފޮދެއް އަޅައި ދިޔާކޮށްލުމަށްފަހު ލޮނުހެޔޮވަރުކޮށްލާށެވެ.

ނޯޓް: ފަތް އަޅައިގެން މާ ގަދަޔަށް މޮޑެފިނަމަ ފަތުގައި ހުންނަ ހިތިރަހަ މަސްހުނީގައި ލާނެއެވެ. ވީމާ މިކަމަށް ސަމާލުވާންވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.