ބޭނުންވާ ތަކެތި
1 ދަޅުމަސް
4 ބޮޑު އަލުވި ( ފެނުގައި ކައްކާ މަޑުކުރުމަށްފަހު ހިމުންކޮށް މޮޑެފައި)
1 ފިޔާ (ބޮޑު)
1 ލޮނުމެދު
ހިކަނދިފަތް
1 2/1 ލުނބޯ
1 ސައިސަމްސާ އަސޭމިރުސް
ގިތެޔޮ މިރުސް
ލޮނު
ޗީސް
ފުށްގަނޑަށް ބޭނުންވާ ތަކެތި
2 ލާހި ފުށް
1 ބިސް
3/1 ޖޯޑު ތެޔޮ
ފެން
ލޮނު
ތައްޔާރުކުރާނެގޮތް
ތެޔޮ، ފެން، ބިސް އަދި ލޮނު އަޅައިގެން ފުށްގަނޑު މޮޑެލާށެވެ.
ދެން، ފިޔާ، ލޮނުމެދު، އަސޭމިރުސް، މިރުސް އަދި ހިކަނދިފަތް ކުޑަ ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތްޖަހައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލާށެވެ. ދެން އަލުވި އަޅައިގެން މޮޑެލުމަށްފަހު ލޮނުހެޔޮވަރު ކޮށްލާށެވެ.
ދެން، ފުށްގަނޑުން ކުދި ގުޅަ ޖަހައި ވަށްކޮށް އެ ގުޅަ ދެމުމަށްފަހު ޕެޓީސް ހަދާ ތައްގަނޑަށް ފުށްގަނޑުލައި، މޮޑުނު މަސްގަނޑުން އެތިކޮޅެއް އެއަށް އަޅައި މަސްގނޑުގެ މައްޗަށް ގާނާފައި ހުރި ޗީސް އަޅާލުމަށްފަހު ބަންދު ކޮށްލާށެވެ. ދެން، ޕެޓީސްތައް މަޑުމުށި ކުލަ އަރަންދެން ތެލުލާލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...