ބޭނުންވާ ތަކެތި
1 ޖޯޑް ފުށް
1 ޖޯޑް ހިކި ކިރު
70ގ ބަޓަރ
1 ޖޯޑް ހަކުރު
1 ޖޯޑް ފެން
ވެނީލާ އެސެންސް
1 ސައިސަމްސާ ބޭކިންގ ޕައުޑަރ
ތެޔޮ
ތައްޔާރުކުރާނެގޮތް
ފުށާއި، ކިރާއި، ބޭކިންގް ޕައުޑަރ އާއި، ބަޓާރ އެއްކޮށްލުމަށްފަހު ފެންއަޅައިގެން ފުށްގަނޑު ދިޔާ ނުވާ ވަރަށް މޮޑެލާށެވެ. ދެން ކުދި ގުޅަ ޖެހުމަށްފަހު މަޑުގިނީގައި މުށިކުލަ އަރަންދެން ތެލުލާލާށެވެ. އެއަށްފަހު 1 ޖޯޑް ފެނާއި ހަކުރު އަޅައިގެން ވަކި ތެއްޔެއްގައި ކައްކާލާށެވެ. ހަކުރު އެއްކޮށް ފެނާއި އެކުވުމުން އެއްމަތިގަނޑު ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް އެކުލަވައިލުމަށްފަހު އުނދުން ނިއްވާލާށެވެ. ދެން، ތެލުލާފައިހުރި ގުލާބް ޖާމުން އެއަށްލާފައި 30 މިނެޓްވަންދެން ބަހައްޓާލާށެވެ.
*ނޯޓް: ހަކުރުގެ ތެރެއަށްލުމުން ގުލާބް ޖާމުން ވަރަަށް ބޮޑުވާންފަށާނެއެވެ. ވީމާ ހަކުރު ކައްކަން ތެލި ނަގާއިރު މިކަމަށް ސަމާލުވާން ވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...